އައްޝައިޚް އަޙްމަދު ސަމީރުގެ ދަރުސް މިރޭ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ގެ ދަރުސް މިރޭ އިންޝާﷲ އޮންނާނެއެވެ.

ފުރުޤާން މިސްކިތުގައި މިރޭ ޢިޝާ ނަމާދަށް ފަހު ވަގުތުން އޮންނަ ދަރުސް ގެ މައުޟޫއަކީ ’ނަމާދުގައި ޚުޝޫޢަތްތެރިވުން‘ މިއެވެ.އައްޝައިޚް އަޙްމަދު ސަމީރު ގެ މިދަރުސަކީ ’مع الله’ ގެ ނަމުގައި ޝައިޚް ސަމީރު ފުރުޤާން މިސްކިތުގައި ދެމުންދިޔަ ކްލާސްތައް ނިމުމުގެގޮތުން ދޭ ދަރުސެކެވެ. مع الله’ ގެ ނަމުގައި ޝައިޚް ސަމީރުވަނީ 33 ކްލާސް ބާއްވާފައެވެ. މިކްލާސްތައް ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބް ޗެނެލަށާއި ސައުންޑް ކްލައުޑްއަށް އަންނަނީ އަޕްލޯޑް ކުރަމުންނެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ފުރުޤާން މިސްކިތުގައި ސިލްސިލާކޮށް ކޮންމެ މަހަކު ބާއްވަމުންގެންދާ ދަރުސްވެސް ވަރަށް އަވަހަށް ބޭއްވުމަށްދަނީ ތައްޔާރުވަމުންނެވެ.

 1,520 total views