ރިބާ އާއިގުޅޭ ފޯރަމެއް މިރޭ

ރިބާ އާއިގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވާ ފޯރަމެއް މިރޭ އިންޝާﷲ އޮންނާނެއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ޖަމްޢިއްޔަތުއްސަލަފުގެ 3 ޢިލްމުވެރިއަކު ވާހަކަފުޅު ދައްކަވާނެއެވެ. އެއީ އައްޝައިޚް ޢަބްދުއްސަލާމް ބިން ދާޥޫދު، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އަދި އައްޝައިޚް މުޙައްމަދު ސިނާން އެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ’ސަލަފްފޯރަމް‘ ގެ ނަމުގައި ސިލްސިލާކޮށް ބާއްވަމުންގެންދާ އިވެންޓުތަކުގެތެރެއިން މިރޭ ކުރިއަށްދާނީ 5 ވަނަ ސަލަފް ފޯރަމް އެވެ. މި ފޯރަމަށް ވީހާވެސް ގިނަ އަޚުންނާއި އުޚްތުން ވަޑައިގެންނެވުމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށްބޮޑު އެދުމެކެވެ.

 564 total views