ސަލަފްފޯރަމް 6، ފެބްރުއަރީ 1 ގައި

ސަލަފްފޯރަމް ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމް ’ސަލަފްފޯރަމް‘ 6 އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެތެރެއިން ’ދީން ޙިމާޔަތް ކުރުން‘ މި މައުޟޫއަށް ކުރިއަށްގެންދާ ފޯރަމުގައި 3 ޢިލްމުވެރިއަކު ވާހަކަފުޅު ދައްކަވާނެއެވެ. އެއީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް ޙަސަން މޫސާ ފިކްރީ އަދި އައްޝައިޚް ޢަބްދުއްސަލާމް ބިން ދާޥޫދު އެވެ.

ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ޢަރަބިއްޔާ ސްކޫލުގެ ހޯލުގައި ކުރިއަށްދާ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ 8:45 ގައެވެ. ވީހާވެސް ގިނަ ބޭފުޅުން މިފޯރަމްއަށް ވަޑައިގެންނެވުމަކީ ޖަމްޢިއްޔާގެ ވަރަށްބޮޑު އެދުމެކެވެ.

 532 total views