ޖަމްޢިއްޔަތުއްސަލަފުގެ ދަރުސެއް މިރޭ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ދަރުސެއް މިރޭ އިންޝާﷲ އޮންނާނެއެވެ.

މިރޭ ފުރުޤާން މިސްކިތުގައި އޮންނަ މިދަރުސް ދެއްވާނީ އައްޝައިޚް އަޙްމަދު ސަމީރު އެވެ. ”އޯގާތެރި ޝަރީޢަތް“ މި މައުޟޫއަށް ޝައިޚް ސަމީރު ދެއްވާ ދަރުސް އޮންނާނީ މިރޭ ޢިޝާ ނަމާދަށް ފަހު އެވެ.

މިރޭގެ މިދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ޖަމްޢިއްޔާގެ ވަރަށްބޮޑު އެދުމެކެވެ.