ޖަމްޢިއްޔަތުއްސަލަފް އާއި ވީޓީވީ ގުޅިގެން ’ސީދާރާސްތާ‘ ޕްރޮގްރާމް ފަށަނީ

ޖަމްޢިއްޔަތުއްސަލަފް އާއި ވީޓީވީ ގުޅިގެން ’ސީދާރާސްތާ‘ ޕްރޮގްރާމް ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

ދީނީ އެކިއެކި މައުޟޫއަށް އަލިއަޅުވާލުމުގެ އިތުރުން ބެލުންތެރިންގެ ސުވާލުތަކަށް ޖަވާބުދޭގޮތަށް ތައްޔާރުކޮށްފައިވާ މިޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާނީ ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ އެވެ. ކޮންމެ އާދީއްތަ ދުވަހެއްގެރޭ 10 އިން 11 އަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މިޕްރޮގްރާމަކީ ލައިވް ޕްރޮގްރާމެކެވެ. ވީޓީވީގެ ޕްރެޒެންޓާރ އަލްއަޚް އަޙްމަދު ޙަމީދު އާދަމް ހުށައަޅައިދޭ މިޕްރޮގްރާމް ވީ.އެފް.އެމް އިންވެސް ލައިވްކުރާގޮތަށްވަނީ ހަމަޖެހިފައެވެ .

ސީދާރާސްތާ ޕްރޮގްރާމަކީ ޖަމްޢިއްޔަތުއްސަލަފާއި ވީޓީވީ ގުޅިގެން 2009 ވަނަ އަހަރު ކުރިއަށްގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ދިގު މުއްދަތަކަށް މެދުކެނޑިގެންގޮސްފައިވާ މިޕްރޮގްރާމު މިހާރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 1 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.