ސަލަފްފޯރަމް 6 މިއަންނަ ހުކުރު ދުވަހުގެ ރޭ އަމީނިއްޔާ ސްކޫލުގައި

ސަލަފްފޯރަމް ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމްހެ ތެރެއިން ބާއްވާ ’ސަލަފްފޯރަމް‘ 6 މިއަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

އަމީނިއްޔާ ސްކޫލު ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިފޯރަމްގައި 3 ޢިލްމުވެރިއަކު ވާހަކަދައްކަވާގޮތަށް ހަމަޖެހިފައިވެއެވެ. އެއީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް ޙަސަން މޫސާ ފިކްރީ އަދި އައްޝައިޚް ޢަބްދުއްސަލާމް ބިން ދާޥޫދު އެވެ. އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެތެރެއިން ’ދީން ޙިމާޔަތް ކުރުން‘ މި މައުޟޫއަށް ކުރިއަށްގެންދާ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 8:45 ގައެވެ. ވީހާވެސް ގިނަ ބޭފުޅުން މިފޯރަމްއަށް ވަޑައިގެންނެވުމަކީ ޖަމްޢިއްޔާގެ ވަރަށްބޮޑު އެދުމެކެވެ.

މި ފޯރަމަކީ ފާއިތުވީ ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ޢަރަބިއްޔާ ސްކޫލުގެ ހޯލުގައި ބާއްވަން ހަމަޖެއްސި ފޯރަމެކެވެ. ނަމަވެސް އެފަހަރު ފޯރަމް ބޭއްވިފައިނުވަނީ އިސްލާމިކް މިނިސްޓްރީއިން ފޯރަމް ކުރިއަށް ގެންދިއުން މަނާކުރުމުގެ ސަބަބުންނެވެ.

 480 total views