ރިޝްވަތުދޭ މީހާއާއި އޭގައި ހިފާ މީހާއަކީ މަލްޢޫނެއް: އައްޝައިޚް އަޙްމަދު ސަމީރު

ރިޝްވަތުދޭ މީހާއާއި އޭގައި ހިފާ މީހަކީ ސަލާމާއި ޞަލަވާތްލެއްވި ކައުސާހިބާގެ ދޫފުޅުން މަލްޢޫނެއްކަމަށާއި ރިޝްވަތު ހިފާ މީހަކީ ދީނާރާއި ދިރުހަމުގެ އަޅެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝައިޚް ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޝްވަތު ހިފާމީހާގެ ތިލަފަތް އަބަދުވެސް ބަރުވާނީ އެންމެގިނައިން ފައިސާ އަޅާ ކޮޅަކަށްކަމަށާއި އެފަދަ މީހާއަކީ ނިކަމެތިވެގެންވާ މީހެއްކަމަށެވެ.

”ރިޝްވަތު ހިފާ މީހަކީ ދީނާރާއި ދިރުހަމުގެ އަޅެކެވެ. އޭނާގެ ތިލަފަތް އަބަދުވެސް ބަރުވާނީ ގިނައިން ފައިސާ އަޅާ ކޮޅަކަށެވެ. ރިޝްވަތުދޭ މީހާއާއި އޭގައި ހިފާ މީހަކީ ސަލާމާއި ޞަލަވާތްލެއްވި ކައުސާހިބާގެ ދޫފުޅުން މަލްޢޫނެކެވެ. އެފަދަ މީހެއްގެ ނިކަމެތިކަމާއެވެ“ ޝައިޚް ވިދާޅުވެފައިވެއެވެ.

ރިޝްވަތުދޭ މީހާއާއި އޭގައި ހިފާ މީހާއަކީީ ސަލާމާއި ޞަލަވާތްލެއްވި ކައުސާހިބާގެ ދޫފުޅުން މަލްޢޫނެއްކަމަށް ޝައިޚް ސަމީރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރަމުންދާ ބައެއް ކެނޑިޑޭޓުން އެމީހުން ނިސްބަތްވާ ދާއިރާގެ މީހުންނަށް ވޯޓުލުމަށްޓަކައި ވަރަށްގިނަ ފައިސާ ބަހާކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

 884 total views