ބޮން ގޮއްވައިގެން އާއްމު ރައްޔިތުންނާއި ކުޑަކުދިން މެރުމަކީ ދީނުގެ ތެރޭގައި ހިމެނޭ ކަމެއްނޫން: އައްޝައިޚް ޙަސަން މޫސާ

ބޮން ގޮއްވައިގެން އާއްމު ރައްޔިތުންނާއި މަޢުޞޫމު ކުޑަކުދިން މެރުމަކީ އިސްލާމް ދީނުގެ އުނގަންނައި ދިނުންތަކުގެ ތެރެއިން ހިމެނޭ ކަމެއް ނޫންކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ނައިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ސްރީލަންކާގެ ބައެއް ހޮޓާތަކާއި ކްރިސްޓިއަން ދީނުގެ ފައްޅިތަކުގައި ދިން ބޮމުގެ ހަމަލާތަކަށް ޢިޝާރާތްކުރައްވައި ޝައިޚް ޙަސަން މޫސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަނގުރާމައިގެ ޙާލަތުގައިވެސް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި، ތުއްތު ކުޑަކުދިންނާއި، އަންހެނުން ނުމެރުމަށްކަމަށެވެ.

ޝައިޚް ޙަސަން ގެ މި ޓްވީޓުގައި އަބޫދާޥޫދު ރިވާކުރައްވާފައިވާ ޙަދީޘެއް ގެންނަވާފައިވެއެވެ.

”ބޮން ގޮއްވައިގެން، އާއްމު ރައްޔިތުންނާއި މަޢުޞޫމު ކުޑަކުދިން މެރުމަކީ އިސްލާމް ދީނުގެ އުނގަންނައި ދިނުންތަކުގެ ތެރެއިން ހިމެނޭ ކަމެއް ނޫނެވެ. ހަނގުރާމައިގެ ޙާލަތުގައިވެސް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ ”އުމުރުން ދުވަސްވީ މީހުންނާއި، ތުއްތު ކުޑަކުދިންނާއި، އަންހެނުން ނުމަރާށެވެ. …. ހެޔޮކަން ތައްތައް ފަތުރާށެވެ. އަދި ހެޔޮ ޢަމަލު ކުރާށެވެ. އެހެނީ ހެޔޮ ޢަމަލު ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.“ (ރިވާކުރެއްވީ އަބޫ ދާވޫދު): ޝައިޚް ގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

 812 total views