ސަލަފް ދީނީ ސުވާލު މުބާރާތް މާދަމާ

ޖަމްޢިއްޔަތުއްސަލަފުގެ ރަސްމީ ފޭސްބުކްޕޭޖް އަދި ޓުވިޓަރ މެދުވެރިކޮށް ކޮންމެ ރަމަޟާންމަހެއްގައިވެސް ގެނެސްދޭ ’ސަލަފް ދީނީ ސުވާލު މުބާރާތް“ މިއަހަރުގެ ރަމަޟާންމަހުވެސް އޮންނާނެއެވެ.

1440 ވަނަ އަހަރުގެ ރަމަޟާންމަހުގެ އެއްވަނަ ދުވަހަކީ މާދަމާކަމުގައިވާތީ، މި ސުވާލު މުބާރާތްތުގެ ސުވާލުތައް މާދަމާއިން ފެށިގެން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

ކޮންމެ ރަމަޟާންމަހަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި 1 ވަނަ 2 ވަނަ އަދި 3 ވަނައަށް އަންނަ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ވަނަވަނައަށް ހޮވޭ ބޭފުޅުންގެ ތެރެއިން، އެއްބޭފުޅަކަށްވުރެ ގިނަ ބޭފުޅުން އެއް މާކްސް އެއް ހޯއްދަވައިފިނަމަ ގުރުއަތުލައިގެން ކޮންމެވެސް އެއްބޭފުޅަކު ހޮވޭނެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައިވެސް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިޔަށްގެންދިޔަ ’ސަލަފް ދީނީ ސުވާލް މުބާރާތް“ ބޭއްވުމުގެ މަޤްޞަދަކީ ޢާއްމު ރައްޔިތުންގެ މެދުގައި ދީނީ މަޢުލޫމާތު އިތުރުކޮށް ދީނީ ކަންކަމަށް ހޭލުންތެރި ކުރުވުމަށެވެ.

ކޮންމެދުވަހަކު 1 ސުވާލުގެނެސްދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެވޭނީ 13 އަހަރުން މަތީގެ ބޭފުޅުންނަށެވެ.