6 ރޯދައިގައި 6 ދަރުސް

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ފުރުޤާން މިސްކިތުގައި މިއަދުންފެށިގެން ޚާއްޞަ ދަރުސްތަކެއް ކުރިއަށްގެންދާގޮތަށް ހަމަޖައްސައިފިއެވެ.

މިއަދު ޢަޞްރު ނަމާދަށް ފަހު ފެށޭ މި ދަރުސްތަކަކީ ޝައްވާލު މަހުގެ 2 ވަނަ ދުވަހުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދާނެ ދަރުސްތަކެކެވެ. 

ޝައްވާލު މަހުގެ 6 ރޯދަ ހިފަމުންދާ ދުވަސްތަކުގައި ކުރިއަށްދާ މި ދަރުސްތައް ދެމުންގެންދާނީ އައްޝައިޚް އަޙްމަދު ސަމީރު އެވެ. ޒަކާތާއި ގުޅޭ މައުޟޫއުގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވާ މިދަރުސްތައްވެސް ކުރިއަށްދާނީ ބައިގަޑިއިރެއްހާ މިންވަރަކަށެވެ.

 828 total views