”ރޯދަ ސުވާލު މުބާރާތް 1440“ ގެ ނަތީޖާ ފާޅުކޮށްފި

މިއަހަރުގެ ރަމަޟާން މަހު، ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ކުރިއަށްގެންދިޔަ ”ރޯދަ ސުވާލު މުބާރާތް 1440“ ގެ ވަނަތަކަށް ގޮސްފައިވާ ފަރާތްތައް އިޢުލާން ކޮށްފިއެވެ. އިސްލާމްދީނުގެ އެކިއެކި ކަންކަމާއި ގުޅޭގޮތުން ސުވާލުތައް ހުށައެޅުނު މިމުބާރާތުގައި 29 ސުވާލު ހުށައެޅިފައިވެއެވެ. ދުވާލަކު ސުވާލެއް ހުށައެޅުނު މުބާރާތް ކުރިއަށް ގެންދެވިފައިވަނީ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުގައެވެ.

އެއްވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާ ، ދެވަނައަށް 2000 ރުފިޔާ އަދި ތިންވަނައަށް ދާ ފަރާތަކަށް 1000 ރުފިޔާ ހުށައެޅިފައިވާ މިމުބާރާތުގެ އެއްވަނައަށް ގޮސްފައިވަނީ މުޙުސިނާ ނާސިރު، މިޔާޒް، ބ. ދަރަވަންދޫ ދެވަނައަށް ގޮސްފައިވަނީ ޢަބްދުއްރަޙްމާން ޙުސައިން، ޒެފިރ، ހދ. ނޮޅިވަރަން އަދި ތިންވަނައަށް ގޮސްފައިވަނީ ފާޠިމަތު ފައުޒިއްޔާ، ޝަބުނަމީގެ، ހދ. ނޮޅިވަރަންފަރު އެވެ. މިތިން ފަރާތް ވަނަތަކަށް ގޮސްފައި މިވަނީ، ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބުދެއްވި 8 ފަރާތެއްގެ މެދުގައި ނެގުނު ގުރުއަތަކުންނެވެ.

މުބާރާތުގައި ބައިވެރިވެލެއްވި އެންމެހާ ފަރާތްތަކަށާ އަދި ޚާއްޞަކޮށް ވަނަތައް ޙާޞިލް ކުރެއްވި ފަރާތްތަކަށް ތަހުނިޔާ އާއި މުބާރަކްބާދީ ދަންނަވަން!

 728 total views