ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު، ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މެމްބަރުންނަށް އިލްތިމާސެއް ކުރައްވައިފިއެވެ.
ދިވެހި ރައްޔިތުންނާއި އަދި ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން އިންޑިއާ ސަރުކާރުން އެދޭ ކޮންމެ ހާލަތެއްގައި އިންޑިއާ ސަރުކާރާއި ހަވާލުކޮށް، އިންޑިއާގައި އެމީހުންގެ މައްޗަށް ޝަރީޢަތްކޮށް، ޙުކުމް ކުރުމުގެ ބާރު ލިބޭނެ އެއްބަސްވުމެއްގައި ދިވެހިސަރުކާރުން ސޮއިކުރުމާމެދު ރުހުންދިނުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ފާސްކޮށްފައިވާތީ އެކަމަށް ޢިޝާރާތްކުރައްވައި ޝައިޚް ސަމީރު ކުރެއްވި ޓްވީޓުގައި ދިވެހި ލޮބުވެތި ދަރިއެއްގެ މައްޗަށް ތަޙުޤީޤު ހިންގައި، ޝަރީޢަތްކޮށް ޙުކުމް އިއްވަން ބޭރު ޤައުމެއްގެ އަތްދޮށަށް ދޫކޮށްލުމީ ދިވެހިޤައުމާއި، ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތްތޯ، މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން ފުންކޮށް ވިސްނަވާލެއްވުމަށް ދަންނަވާފައިވެއެވެ.
”ދިވެހި ލޮބުވެތި ދަރިއެއްގެ މައްޗަށް ތަޙުޤީޤު ހިނގައި، ޝަރީޢަތްކޮށް ޙުކުމް އިއްވަން ބޭރު ޤައުމެއްގެ އަތްދޮށަށް ދޫކޮށްލުމީ ދިވެހިޤައުމާއި، ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތްތޯ، މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން ފުންކޮށް ވިސްނަވާލެއްވުމަށް އަދަބުވެރިކަމާއެކު ދަންނަވަން“ ޝައިޚް ކުރެއްވި ޓްވީޓުގައި ވެއެވެ.
Dhivehi Lobuvethi dhariyegge mahchah thahugeegu hingai sharee eh koh Hukum ivvan beyru Qaumegge aei dhoshah dhookollumee dhivehi Qaumaai, rayyithunnah emme laaba huri geoh tho; majleehuge izzehtheri memeberun funkoh Visnavaa levvumah varah adhabuveri kamaa eku dhannavan.
— Ahmed Sameer (@Ahmadhsameer) July 2, 2019
808 total views