ބަނގުރާ ވިއްކުމަކީ ކެސިނޯ އެޅުމަށް އޮތް ބަހަނާއެއް ނޫން: ޝައިޚް ޒަމްޒަމް ފާރިޝް

ބަނގުރާ ބުއިމަކީ އެ ވިއްކުމަށް އޮތް އުޒުރެއް ނޫންކަމަށާއި އަދި ބަނގުރާ ވިއްކުމަކީ ކެސިނޯ އެޅުމަށް އޮތް ބަހަނާއެއް ނޫންކަމަށް އައްޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކެސިނޯ އެޅުމަށް ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރަށް ޢިޝާރާތްކޮށް ޝައިޚް ޒަމްޒަމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެއް ގޯހަކީ ދެވަނަ ގޯހަކަށް އަރައިގަންނަން އޮންނަ ލައިސަންސެއް ނޫންކަމަށެވެ.

ޝައިޚް ޒަމްޒަމް ގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެއް ގޯހަކީ ދެވަނަ ގޯހަކަށް އަރައިގަންނަން އޮންނަ ލައިސަންސެެއްނަމަ ނުހައްޤުން އެކަކު މަރާލުމަކީ ނުޙައްޤުން ދެވަނަ މީހެއްވެސް މަރާލަން އޮތް ލައިސަންސެއްކަމުގައި ވީސްކަމަށެވެ.

”ރާބުއިމަކީ އެ ވިއްކުމަށް އޮތް އުޒުރެއް ނޫނެވެ. އެ ވިއްކުމަކީ ކެސިނޯ އެޅުމަށް އޮތް ބަހަނާއެއް ނޫނެވެ. އެއް ގޯހަކީ ދެވަނަ ގޯހަކަށް އަރައިގަންނަން އޮންނަ ލައިސަންސެއް ނޫނެވެ. އެހެންނޫންނަމަ ނުހައްޤުން އެކަކު މަރާލުމަކީ ނުޙައްޤުން ދެވަނަ މީހެއްވެސް މަރާލަން އޮތް ލައިސަންސެއްކަމުގައި ވީހެވެ.“ ޝައިޚް ޒަމްޒަމް ކުރެއްވި ޓްވީޓުގައި ވެއެވެ.