ކަޝްމީރުގެ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތުމަށް ގެނައި ބަދަލުގެ ފަހަތުގައިވަނީ އަނިޔާވެރިކަން: އައްޝައިޚް އަޙްމަދު ސަމީރު

ކަޝްމީރުގެ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތުމަށް ގެނައި ބަދަލުގެ ފަހަތުގައި ވަނީ އަނިޔާވެރިކަމާއި، ޙައްދުފަހަނައަޅައި ދިއުންކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ކަޝްމީރުގެ މައްސަލައަށް ޢިޝާރާތްކުރައްވައި ޝައިޚް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނަށް ގެނެވޭ ކޮންމެ ބަދަލަކީ އިޞްލާޙެއް ނޫންކަމަށާއި ކަޝްމީރުގެ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތުމަކީ އަނިޔާވެރިކަމެއްކަމަށާއި އެކަމަށް އަނިޔާވެރިޔަކު ނޫނީ ތާއީދު ނުކުރާނެކަމަށެވެ.

”ޤާނޫނުއަސާސީއާއި ޤާނޫނަށް ގެނެވޭ ކޮންމެ ބަދަލަކީ އިޞްލާޙެއް ނޫނެވެ. ކަޝްމީރުގެ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތުމަށް ގެނައި ބަދަލުގެ ފަހަތުގައި ވަނީ އަނިޔާވެރިކަމާއި، ޙައްދުފަހަނައަޅައި ދިއުމެވެ. އަނިޔާވެރިޔަކު ނޫނީ އެކަމަށް ތާއީދު ނުކުރާނެތެވެ.“ޝައިޚްގެ ޓްވީޓުގައި ވެއެވެ.

ކަޝްމީރުގެ ހާލަތު ގޯސްވެފައި ވަނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔޫނިއަން ޓެރެޓަރީސްގެ ގޮތުގައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރު ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރެޓަރީއަކަށެވެ. އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ.

ކަޝްމީރުން މުސްލިމުންގެ އަޣުލަބިއްޔަތު ނައްތާލުމަކީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ކެމްޕޭން ވައުދެކެވެ. މި ވައުދު ފުއްދަން އިންޑިއާއަށް އެންމެ ބޮޑު އެހީއެއް ވަމުންދަނީ ފަލަސްޠީނުގެ ބިމަށް ގަދަކަމުން އަރައިގަނެގެން އުޅޭ އިސްރާއީލޭ ކިޔާ ބައިގަނޑުންކަމަށް ރިޕޯޓްތައް ބުނެއެވެ.

 616 total views