ޢަޤީދާގެ 200 ސުވާލާއި ޖަވާބު (6): ސުވާލު 21 އިން 25 އަށް

ސ21 : ޝަހާދަތުގެ ކަލިމައަށް ޔަޤީން ކުރުމަކީ ޝަރުޠެއްކަމަށް ޤުރުއާނާއި ސުންނަތުގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ޢައްޒަވަޖައްލަ ވަޙީ ކުރައްވަފައިވެއެވެ. ﴿إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّـهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ اللَّـهِ أُولَـٰئِكَ هُمُ الصَّادِقُونَ﴾  الحجرات: ١٥ މާނައީ: ”މުއުމިނުން ކަމުގައިވާކަން ކަށަވަރީ، ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވެ، ދެން (އެ އީމާންކަމާމެދު) ޝައްކު ނުކުރާ މީހުންނެވެ. އަދި އެބައިމީހުންގެ މުދާތަކާއި، ނަފްސުތަކުން ﷲގެ މަގުގައި ޖިހާދުކުރިމީހުންނެވެ. އެބައިމީހުންނީ، ހަމަ ތެދުވެރިންނެވެ.“ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنِّي رَسُولُ اللَّهِ لاَ يَلْقَى اللَّهَ بِهِمَا عَبْدٌ غَيْرَ شَاكٍّ فِيهِمَا إِلاَّ دَخَلَ الْجَنَّةَ))([1]) މާނައީ: ”ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެއްވެސް އެހެން އިލާހެއް ނުވާކަމަށާއި، ތިމަންކަލޭގެފާނަކީ ﷲގެ ރަސޫލާކަމަށް ތިމަންކަލޭގެފާނު ހެކިވެވަޑައިގަންނަވަމެވެ. އެދެކަލިމައަށް ޝައްކުނުކުރާ ޙާލު، އަޅަކު އެދެކަލިމައާއެކު ﷲ އާ ބައްދަލުކޮށްފިކަމުގައިވާނަމަ، އެމީހަކު ސުވަރުގެ ނުވައްދަވައި ނުދެއެވެ.“ ހަމައެހެންމެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުއަށް ޙަދީޘް ކުރެއްވިއެވެ. ((فَمَنْ لَقِيتَ مِنْ وَرَاءِ هَذَا الْحَائِطِ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ مُسْتَيْقِنًا بِهَا قَلْبُهُ فَبَشِّرْهُ بِالْجَنَّةِ))([2]) މާނައީ: ”ފަހެ، މިފާރުގެ ބޭރުން، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެއްވެސް އެހެން އިލާހަކު ނުވާކަމަށް ހިތުގެ އަޑިން ޔަޤީންކަމާއެކު ހެކިވާ މީހަކާ ތިބާ ބައްދަލުވެއްޖެނަމަ، ފަހެ، އެމީހަކަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދޭށެވެ.“ މި ދެ ޙަދީޘްވެސް ރިވާވެފައިވަނީ ޞަޙީޙް މުސްލިމްގައެވެ.

ސ22 : ޝަހާދަތުގެ ކަލިމައަށް ކިޔަމަންތެރިވުމަކީ ޝަރުޠެއްކަމަށް ޤުރުއާނާއި ސުންނަތުގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ތަޢާލާ ވަޙީ ކުރައްވަފައިވެއެވެ. ﴿وَمَن يُسْلِمْ وَجْهَهُ إِلَى اللَّـهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ﴾  لقمان: ٢٢ މާނައީ: ”އިޙްސާންތެރިވާ ޙާލު، ﷲއަށް ކިޔަމަންވެ ކުރިމަތިލާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެންމެ ވަރުގަދަ ވާފަށުގައި ހިފަހައްޓައިފިކަން ކަށަވަރެވެ.“ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِمَا جِئْتُ بِهِ))([3]) މާނައީ: ”އެމީހެއްގެ ހަވާނަފްސު، ތިމަންކަލޭގެފާނު ގެނެސްދެއްވި އިރުޝާދުތަކަށް ތަބާވެއްޖެއުމަށް ދާންދެން ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންވާކަމުގައި ނުވެއެވެ.“

ސ23 : ޝަހާދަތުގެ ކަލިމަ ޤަބޫލުކުރުމަކީ ޝަރުޠެއްކަމަށް ޤުރުއާނާއި ސުންނަތުގެ ދަލީލަކީ ކޮބާ؟

ޖ: އެކަލިމަ ޤަބޫލުނުކުރާ މީހުންގެ ވާހަކަ ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީ ކުރައްވަފައިވެއެވެ. ﴿احْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ * مِن دُونِ اللَّـهِ فَاهْدُوهُمْ إِلَىٰ صِرَاطِ الْجَحِيمِ * وَقِفُوهُمْ إِنَّهُم مَّسْئُولُونَ* مَا لَكُمْ لَا تَنَاصَرُونَ * بَلْ هُمُ الْيَوْمَ مُسْتَسْلِمُونَ * وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ * قَالُوا إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ الْيَمِينِ * قَالُوا بَل لَّمْ تَكُونُوا مُؤْمِنِينَ * وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَانٍ بَلْ كُنتُمْ قَوْمًا طَاغِينَ * فَحَقَّ عَلَيْنَا قَوْلُ رَبِّنَا إِنَّا لَذَائِقُونَ * فَأَغْوَيْنَاكُمْ إِنَّا كُنَّا غَاوِينَ * فَإِنَّهُمْ يَوْمَئِذٍ فِي الْعَذَابِ مُشْتَرِكُونَ * إِنَّا كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ * إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَـٰهَ إِلَّا اللَّـهُ يَسْتَكْبِرُونَ * وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَّجْنُونٍ﴾  الصافات: ٢٢ – ٣٦  މާނައީ: ”(މަލާއިކަތުންނަށް އަންގަވާނެތެވެ.) އަނިޔާވެރިވީ މީހުންނާއި، އެބައިމީހުންގެ (އެފަދަ) އަނބިންނާއި، އަދި ﷲ ފިޔަވައި އެބައިމީހުން އަޅުކަންކޮށްއުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެބައިމީހުންނަށް ނަރަކައިގެ މަގަށް މަގުދައްކަވާށެވެ. އަދި އެބައިމީހުން ހުއްޓުވާށެވެ! ހަމަކަށަވަރުން، އެބައިމީހުންނީ މަސްއޫލުވާންޖެހޭ ބަޔެކެވެ. (މިއަދު) ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީނުވަނީ ކީއްވެގެންހެއްޔެވެ؟ އަދި ކިއެއްތަ! އެބައިމީހުން މިއަދު ތިބީ ކިޔަމަންވެ ބޯލަނބައިގެންނެވެ. އަދި އެކަކު އަނެކަކާ ސުވާލުކުރަމުން އެބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކުގެ ގާތަށް ކުރިމަތިލައި އަންނާނެއެވެ. (މަގުފުރެއްދި މީހުންނަށް) އެބައިމީހުން ބުނާނެއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކައިރިޔަށް ތިޔަބައިމީހުން ކަނާތްފަރާތުން އަންނަކަމުގައިވީމުއެވެ. އެބައިމީހުން ބުނާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން މުއުމިނުން ކަމުގައި ނުވަމުއެވެ. އަދި ތިޔަބައިމީހުންގެ މައްޗަކަށް ތިމަންމެންނަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ. ފަހެ، ތިމަންމެންގެ މައްޗަށް، ތިމަންމެންގެ ވެރިއިލާހުގެ ޢަޛާބުގެ ބަސްފުޅު ޙައްޤުވެއްޖެއެވެ. ހަމަކަށަވަރުން، ތިމަންމެންނީ ޢަޛާބުގެ ރަހަ ދެކޭނޭ ބަޔެއްކަން ކަށަވަރެވެ. ފަހެ، ތިމަންމެން ތިޔަބައިމީހުން މަގުފުރެއްދީމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވީ، މަގުފުރެދިގެންވާ ބަޔަކު ކަމުގައެވެ. ފަހެ، ހަމަކަށަވަރުން، އެބައިމީހުންނީ އެދުވަހުން ޢަޛާބުގައި ބައިވެރިވެގެންވާ މީހުންނެވެ. ހަމަކަށަވަރުން، ކުށްވެރިންނާމެދު، ތިމަންއިލާހު ކަންތައްކުރައްވަނީ އެފަދައިންނެވެ. ހަމަކަށަވަރުން، ﷲމެނުވީ (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވާކަމަށް އެބައިމީހުންނަށް ބުނެފިހިނދު އެބައިމީހުން ބޮޑާވެގަންނަކަމުގައިވިއެވެ. އަދި އެބައިމީހުން ބުނެއެވެ. ހަމަކަށަވަރުން، މޮޔަވެފައިވާ ޅެންވެރިޔެއްގެ ބަހަށް، ތިމަންމެންގެ އިލާހުންތައް ތިމަންމެން ދޫކޮށްލާނެ ހެއްޔެވެ؟“ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((مَثَلُ مَا بَعَثَنِي اللَّهُ بِهِ مِنْ الْهُدَى وَالْعِلْمِ كَمَثَلِ الْغَيْثِ الْكَثِيرِ أَصَابَ أَرْضًا، فَكَانَ مِنْهَا نَقِيَّةٌ قَبِلَتْ الْمَاءَ فَأَنْبَتَتْ الْكَلأَ وَالْعُشْبَ الْكَثِيرَ، وَكَانَتْ مِنْهَا أَجَادِبُ أَمْسَكَتْ الْمَاءَ فَنَفَعَ اللَّهُ بِهَا النَّاسَ، فَشَرِبُوا وَسَقَوْا وَزَرَعُوا، وَأَصَابَتْ مِنْهَا طَائِفَةً أُخْرَى إِنَّمَا هِيَ قِيعَانٌ لَا تُمْسِكُ مَاءً وَلَا تُنْبِتُ كَلَأً، فَذَلِكَ مَثَلُ مَنْ فَقُهَ فِي دِينِ اللَّهِ وَنَفَعَهُ مَا بَعَثَنِي اللّهُ بِهِ، فَعَلِمَ وَعَلَّمَ، وَمَثَلُ مَنْ لَمْ يَرْفَعْ بِذَلِكَ رَأْسًا، وَلَمْ يَقْبَلْ هُدَى اللّهِ الَّذِي أُرْسِلْتُ بِهِ))([4]) މާނައީ: ”ﷲ އެކަމަކާއިގެން ތިމަންކަލޭގެފާނު މީސްތަކުންގެ ތެރެއަށް ފޮނުއްވި ހިދާޔަތާއި ޢިލްމުގެ މިސާލަކީ، ބޯވާރޭގަނޑެއް ބިންގަނޑަކަށް ވެހުމުގެ މިސާލެވެ. ފަހެ، އެބިންގަނޑުގައިވާ ބިންކޮޅެއް ފެން ރަނގަޅަށް ލިބިގަތުމުގެ ސަބަބުން ހުޔާއި ވިނަގަސްތައް ގިނަ ޢަދަދަކަށް ފެޅިއެވެ. އަދި އެބިންގަނޑުގައި ބިންގަނޑުހަރު، ފެންހަރުލާ ކަހަލަ ބިންކޮޅެއް ވިއެވެ. ވާރޭގެ ސަބަބުން އެބިންކޮޅުގައި ފެންގަނޑު ހެދިގެން ދިޔައެވެ. ފަހެ، އެ ފެންގަނޑުން މީސްތަކުންނަށް މަންފާކުރިއެވެ. އެބައިމީހުން އެ ފެންގަނޑުން ފެން ބޮއެ، އެބައިމީހުންގެ ޖަނަވާރުތަކަށް ފެންދީ، ދަނޑުގޮވާން ކުރިއެވެ. އަދި އެހެން ބިންކޮޅަކަށްވެސް ވާރޭގެ އަސަރުކުރިއެވެ. އެ ބިންކޮޅަކީ ފެން ހަރުނުލާ، އަދި ވިނަގަސްތައް ނުހެދޭ ބިންކޮޅެކެވެ. ފަހެ، (ފުރަތަމަ ބިންކޮޅުގެ) މިސާލަކީ، ﷲގެ ދީން ފުރިހަމަޔަށް އުނގެނި، ތިމަންކަލޭގެފާނު ފޮނުއްވުނު ކަންކަމުން އެމީހަކަށް މަންފާކުރި މީހެއްގެ މިސާލެވެ. އަދި (ދެވަނަ ބިންކޮޅުގެ) މިސާލަކީ ޢިލްމު އުނގެނި، އެ ޢިލްމު (އެހެން މީހުންނަށް) އުނގަންނައިދިން މީހެއްގެ މިސާލެވެ. އަދި (ތިންވަނަ ބިންކޮޅުގެ) މިސާލަކީ ތިމަންކަލޭގެފާނު ފޮނުއްވުނު ހިދާޔަތާމެދު އެއްވެސް ފަރުވާލެއް ނެތް މީހެކެވެ. އޭނާ ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވުނު މާތް ﷲ ގެ ހިދާޔަތް ޤަބޫލެއް ނުކުރިއެވެ.“

ސ24 : ޝަހާދަތުގެ ކަލިމައަށް އިޚްލާޞްތެރިވުމަކީ ޝަރުޠެއްކަމަށް ޤުރުއާނާއި ސުންނަތުގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ތަޢާލާ ވަޙީ ކުރައްވަފައިވެއެވެ. ﴿أَلَا لِلَّـهِ الدِّينُ الْخَالِصُ﴾  الزمر: ٣  މާނައީ: ”ދަންނާށެވެ! ޚާލިޞްވެގެންވާ ދީން ވަނީ ﷲއަށެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿فَاعْبُدِ اللَّـهَ مُخْلِصًا لَّهُ الدِّينَ﴾  الزمر: ٢  މާނައީ: ”ފަހެ، ﷲއަށް ދީން ޚާލިޞްކުރާ ޙާލު، ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ.“ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ الْقِيَامَةِ مَنْ قَالَ لَا إِلَهَ إِلَّا اللهُ خَالِصًا مِنْ قَلْبِهِ))([5]) މާނައީ: ”ޤިޔާމަތްދުވަހު ތިމަންކަލޭގެފާނުގެ ޝަފާޢަތުގެ ސަބަބުން، މީސްތަކުންގެ ތެރެއިން އެންމެ ކާމިޔާބު ލިބޭނެ މީހަކީ، އިޚްލާޞްތެރިކަމާއެކު އެމީހެއްގެ ހިތުގެ އަޑިން لَا إِلَهَ إِلَّا اللهُ  ކިޔައިފިމީހެކެވެ.“ އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((حَرَّمَ عَلَى النَّارِ مَنْ قَالَ لاَ إِلَهَ إِلَّا اللهُ يَبْتَغِي بِذَلِكَ وَجْهَ اللهِ))([6]) މާނައީ: ”ﷲގެ ވަޖުހުފުޅު އަދައިގެން لَا إِلَهَ إِلَّا اللهُ ކިޔައިފިމީހާގެ މައްޗަށް ނަރަކަ ޙަރާމްކުރެއްވިއެވެ.“

ސ25 : ޝަހާދަތުގެ ކަލިމަ ތެދުކޮށް ކަށަވަރުކުރުމަކީ ޝަރުޠެއްކަމަށް ޤުރުއާނާއި ސުންނަތުގެ ދަލީލަކީ ކޮބާ؟

ޖ:  ﷲ ތަޢާލާ ވަޙީ ކުރައްވަފައިވެއެވެ. ﴿الم *  أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ * وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ فَلَيَعْلَمَنَّ اللَّـهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ﴾  العنكبوت: ١ – ٣  މާނައީ: ”الم. މީސްތަކުން ތިމަންމެން އީމާންވެއްޖައީމުއޭ ބުނުމުން، އެބައިމީހުން އިމްތިޙާނު  ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން، އެބައިމީހުންގެ ކުރީގެ (އުއްމަތްތަކުގެ) މީހުން، ތިމަންއިލާހު އިމްތިޙާނުކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން،  ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.“ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((مَا مِنْ أَحَدٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ صِدْقًا مِنْ قَلْبِهِ إِلاَّ حَرَّمَهُ اللَّهُ عَلَى النَّارِ))([7]) މާނައީ: ”ﷲ ފިޔަވައި ހައްޤުވެގެން އަޅުކަމެއް ވެވޭ އެހެންއެއްވެސް އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހިތުން ތެދުވެރިކަމާއެކު ހެކިވެއްޖެމީހާގެ މައްޗަށް، ﷲ ނަރަކަ ޙަރާމް ނުކުރައްވައި ނުދެއެވެ.“ ހަމައެހެންމެ އަޢްރާބީންގެ ބޭކަލަކަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމްދީނުގެ ޝަރުޢުތައް ބަޔާންކޮށްދެއްވި ހިނދު އެބޭކަލަކު ދެންނެވިއެވެ. ”ﷲ ހެކިކޮށް ބުނަމެވެ. އެއިގެ ތެރެއިން ކަމަކަށް އެއްވެސް ކަމެއް ތިމަން އިތުރުނުކުރާ ހުށީމެވެ. އަދި އެއިގެ ތެރެއިން ކަމެއް އުނިވެސްނުކުރާ ހުށީމެވެ.“ ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((أَفْلَحَ إِنْ صَدَقَ))([8]) މާނައީ: ”އޭނާ ތެދުބުނެފިނަމަ ކާމިޔާބު ވެއްޖެއެވެ.“


([1]) رواه مسلم ( الإيمان / 44، 45 ).

([2]) رواه مسلم ( الإيمان / 52 ).

([3]) (إسناده حسن إن شاء الله) ، رواه الحسن بن سفيان في الأربعين له، ورواه الإمام البغوي في شرح السنة (1 / 213) ، وتاريخ بغداد (4 / 369) من حديث عبد الله بن عمرو، وإسناده ضعيف لضعف نعيم بن حماد، وقال ابن عساكر: وهو حديث غريب، قال الألباني: يعني ضعيف، اهـ. (تعليقه على السنة لابن أبي عاصم 15) وقد صحح إسناده الإمام النووي (ونعيم بن حماد يخطى كثيرا، فقيه عارف بالفرائض) ، قال الحافظ: وقد تتبع ابن عدي ما أخطأ فيه وقال: باقي حديثه مستقيم. وانظر ترجمة نعيم بن حماد في كتاب التنكيل جـ 1 ص 507، وقال الحافظ أيضا: وقال أبو أحمد الحاكم: ربما يخالف في بعض حديثه، وقد مضى أن ابن عدي يتتبع ما وهم فيه فهذا أفضل القول فيه. وقد ذكر الذهبي في الميزان ثمانية أحاديث وكأنها أشد ما انتقد على نعيم، وليس هذا الحديث منها.

([4]) رواه البخاري (79)، ومسلم (الفضائل / 15)، وأحمد (4 / 399).

([5]) رواه البخاري (99) ، وأحمد (2 / 373).

([6]) رواه البخاري (425) ، ومسلم (مساجد / 263).

([7]) رواه البخاري (128) ، ومسلم (الإيمان / 53) .

([8]) رواه البخاري (46، 1891) ، ومسلم (الإيمان / 8، 9) ، وأحمد (1 / 162) ، وأبو داود (391) .