އެމްޑީއެންގެ ރިޕޯޓުގައިވާ ކަންކަން އޮޅުވަމުންދާތީ ޙަޤީޤަތް ހާމަކޮށް ޖަމްޢިއްޔަތުއްސަލަފުން ބަޔާނެއް ނެރެފި!

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން ”ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް“ މި ނަމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓާ ގުޅޭގޮތުން ތަފާތު ފަރާތްތަކުން އޭގެ މަޤުޞަދާއި، އޭގެ ޙަޤީޤަތް އޮޅުވަމުންދާތީ، އެ ރިޕޯޓުގައިވާ ކަންކަން ފާހަގަކޮށް ޖަމްޢިއްޔަތުއްސަލަފުން ބަޔާނެއް ނެރެފިއެވެ.  

އެ ބަޔާނުގައި ވާގޮތުން، އެރިޕޯޓަކީ ”މި ދިވެހި ފަސްގަނޑުން އިސްލާމް ދީން ފުހެލައި، ދިވެހިރާއްޖޭގައި ސެކިއުލާ ވެރިކަމެއް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ފާޅުވެގެންވާ ހެއްކެއްކަމާއި، އެހާމެ ނުރައްކާތެރިކަން ބޮޑު، އަދި މުޖްތަމަޢުގެ ޞުލްޙަމަސަލަސްކަމާއި އަންމަންއަމާންކަން ނަގައިލާފަދަ އެތައް ވާހަކަތަކެއް އެކުލެވިގެންވާ ލިޔުމެކެވެ. މިރިޕޯރޓުގެ ނުރައްކާތެރިކަން ކޮންމެ ދިވެހި ރައްޔިތަކަށްމެ އެނގުމީ ދިވެހި ރައްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ދެމެހެއްޓުމަށްޓަކައި ލާޒިމުކަމަކަށްވީހިނދު، މިރިޕޯޓުން ފާހަގަވާ ބައެއްކަންކަން ދިވެހިރައްޔިތުންގެ ސަމާލުކަމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުން ހާމަކުރަމެވެ.“

ބަޔާން އިތުރަށް ވިދާޅުވުމަށް މި ޖުމްލައަށް ފިއްތަވާލައްވާ.