ޢަޤީދާގެ 200 ސުވާލާއި ޖަވާބު (11): ސުވާލު 46 އިން 50 އަށް

ސ46: ބޮޑު ޝިރުކު (الشِّرْكُ الأَكْبَرُ) އަކީ ކޮބާ؟

ޖ: އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކޮށް، ޢާލަމްތަކުގެ ވެރިކަމުގައި ﷲ އާއި އެފަރާތަކާ އެއްވަރުކުރުމެވެ. ﷲ ދެކެ ލޯބިވާ ފަދައިން އެފަރާތެއް ދެކެ ލޯބިވުމާއި، ﷲއަށް ބިރުވެތިވާ ފަދައިން އެފަރާތަކަށް ބިރުވެތިވުމާއި، އެފަރާތަކަށް ބަރޯސާވުމާއި، އެފަރާތަކަށް ދުޢާ ކުރުމެވެ. އަދި އެފަރާތަކަށް އެދުމާއި، އެފަރާތަކަށް ވަކީލު ކުރުމާއި، އަދި ﷲއަށް އުރެދުމެއްވާ ކަންކަމުގައި އެފަރާތަކަށް ކިޔަމަންތެރިވުމާއި، އަދި ﷲ ނުރުއްސަވާކަމެއްގައި އެފަރާތަކަށް ތަބާވުން ފަދަ ކަންކަމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا﴾   النساء: ٤٨  މާނައީ: ”ހަމަކަށަވަރުން، ﷲ، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވައެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ. އަދި، ﷲއަށް ޝަރީކުކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَن يُشْرِكْ بِاللَّـهِ فَقَدْ ضَلَّ ضَلَالًا بَعِيدًا﴾   النساء: ١١٦ މާނައީ: ”އަދި ﷲއަށް ޝަރީކުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ﴾ المائدة: ٧٢ މާނައީ: ”ހަމަކަށަވަރުން ﷲއަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَن يُشْرِكْ بِاللَّـهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ﴾ الحج: ٣١ މާނައީ: ”އަދި ﷲއަށް ޝަރީކުކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އުޑުން ވެއްޓި، ދޫނިތައް އެމީހާ ޖަހައިގަނެގެން ގެންދާ ނުވަތަ ވައިގެ ބާރުން ދުރުތަނަކަށް ވެއްޓިގެންދާ މީހެއްފަދައެވެ.“ މިފަދަ އެހެން އާޔަތްތަކެވެ.

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((فَإِنَّ حَقَّ اللَّهِ عَلَى الْعِبَادِ أَنْ يَعْبُدُوهُ وَلَا يُشْرِكُوا بِهِ شَيْئًا، وَحَقَّ الْعِبَادِ عَلَى اللَّهِ أَنْ لاَ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئًا))([1]) މާނައީ: ”ފަހެ، ހަމަކަށަވަރުން އަޅުތަކުންގެ މައްޗަށްވާ ﷲގެ ޙައްޤަކީ، އެބައިމީހުން އެކަލާނގެއަށް އަޅުކަންކުރުމާއި، އެކަލާނގެއާ އެއްވެސްއެއްޗެއް ޝަރީކު ނުކުރުމެވެ. އަދި ﷲގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ، އެކަލާނގެއާ އެއްވެސްއެއްޗެއް ޝަރީކު ނުކުރާމީހަކަށް ޢަޛާބު ނުދެއްވުމެވެ.“

ހަމައެހެންމެ، މި ވައްތަރުގެ ޝިރުކު ބޭރުފުށުން ފާޅުކުރަމުން ގެންދިޔަ ޤުރައިޝުންގެ ތެރެއިންވި ކާފަރުންފަދަ ކާފަރުންނާއި، މިކަން ފޮރުވައިގެން، ބޭރުފުށުން އިސްލާމްކަން ދައްކައި، އެތެރެފުށުން ކާފަރުކަން ވަންހަނާކުރި މުނާފިޤުންނާ  ދީނުން ބޭރުވުމުގައި އެއްވެސް ތަފާތެއް ނެތެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَن تَجِدَ لَهُمْ نَصِيرًا * إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَاعْتَصَمُوا بِاللَّـهِ وَأَخْلَصُوا دِينَهُمْ لِلَّـهِ فَأُولَـٰئِكَ مَعَ الْمُؤْمِنِينَ﴾ النساء: ١٤٥ – ١٤٦  މާނައީ: ”ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުގައެވެ. އަދި، އެބައިމީހުންނަށް ނަޞްރުވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނެއެވެ. އެބައިމީހުން ތަވްބާވެ، އަދި ޢަމަލުތައް އިޞްލާޙުކޮށް، އަދި ﷲގެ ދީނުގައި ގަދަޔަށް ހިފަހައްޓައި، އެބައިމީހުންގެ ދީން، ﷲއަށް ޚާލިޞްކުރި މީހުން މެނުވީއެވެ. ފަހެ، އެބައިމީހުންވަނީ މުއުމިނުންގެ ތެރެއިންނެވެ.“ މިފަދަ އެހެން އާޔަތްތަކެވެ.

ސ47: ކުޑަ ޝިރުކު (الشِّرْكُ الأَصْغَرُ) އަކީ ކޮބާ؟

ޖ: އެއީ ﷲ ތަޢާލާއަށް އަޅުކަމެއް ކުރުމާއެކު، އެ އަޅުކަމެއް (މީސްތަކުންނަށް) ދެއްކުމަށްޓަކައި ރިވެތިކޮށްލުމުގެ ގޮތުން ވަންނަ ލުއި ދެއްކުންތެރިކަމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا﴾ الكهف: ١١٠ މާނައީ: ”ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޞާލިޙުޢަމަލުން ޢަމަލުކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ.“ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمْ الشِّرْكُ الأَصْغَرُ))([2]) މާނައީ: ”ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ބިރުވެތިވެވަޑައިގަންނަވާ އެންމެ ބޮޑު ބިރުފުޅަކީ ކުޑަ ޝިރުކެވެ.“ الشِّرْكُ الأَصْغَرُ އަކީ ކޮބައިތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ”ދެއްކުންތެރިކަމެވެ.“ އަދި ދެއްކުންތެރިކަން ބަޔާންކޮށްދެއްވައި އެކަލޭގެފާނު ޙަދީޘްކުރައްވަފައިވެއެވެ. ((يَقُومُ الرَّجُلُ يُصَلِّي فَيُزَيِّنُ صَلَاتَهُ لِمَا يَرَى مِنْ نَظَرِ رَجُلٍ إِلَيْهِ))([3]) މާނައީ: ”(އެއީ) މީހަކު ނަމާދުކުރުމަށް ތެދުވެ، އެހެންމީހަކު އޭނާއާ ދިމާލަށް ބަލާތަން ފެނުމުން (އެމީހާއަށް ދެއްކުމަށްޓަކައި) އޭނާގެ ނަމާދު ޒީނަތްތެރިކުރުމެވެ.“

ހަމަމިފަދައިން؛ ﷲ ފިޔަވައި، ބައްޕައިންނާއި، ﷲ ފިޔަވައި އަޅުކަންކުރާ އެހެންފަރާތްތަކާއި، ކަޢުބަތުﷲ ގެފުޅާއި، އަމާނާތްތަފަދަ، މީހުންނާއި ތަކެއްޗާއި ކަންކަން ގަންދީހުވާކުރުމަކީވެސް މިވައްތަރުގެ ޝިރުކު ތެރެއަށް ވަންނާނެ ކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((لَا تَحْلِفُوا بِآبَائِكُمْ، وَلَا بِأُمَّهَاتِكُمْ، وَلَا بِالأَنْدَادِ))([4]) މާނައީ: ”ތިޔަބައިމީހުންގެ ބައްޕައިންނާއި މަންމައިން ގަންދީ ހުވާނުކުރާށެވެ. އަދި ﷲ ފިޔަވައި އަޅުކަންވެވޭ ތަކެތި ގަންދީވެސް ހުވާނުކުރާށެވެ.“ އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((وَلَا تَقُولُوا: وَالْكَعْبَةِ. وَلكِنْ قُولُوا: وَرَبِّ الْكَعْبَةِ))([5]) މާނައީ: ”އަދި ކަޢުބާ ގަންދެމޭ ތިޔަބައިމީހުން ނުބުނާށެވެ! އެހެންނަމަވެސް ކަޢުބާގެ ވެރިއިލާހު ގަންދެމޭ ބުނާށެވެ!“ އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((لَا تَحْلِفُوا إِلَّا بِاللَّهِ))([6]) މާނައީ: ”ﷲ ފިޔަވައި އެހެން ފަރާތެއް ގަންދީ ހުވާ ނުކުރާށެވެ.“ އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((مَنْ حَلَفَ بِالأَمَانَةِ فَلَيْسَ مِنَّا))([7]) މާނައީ: ”އަމާނާތް ގަންދީހުވާކޮށްފިމީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.“ އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ كَفَرَ أَوْ أَشْرَكَ. وَفِي رِوَايَةٍ: ”وَأَشْرَكَ))([8]) މާނައީ: ”ﷲ ފިޔަވައި އެހެންފަރާތެއް ގަންދީހުވާކޮށްފިމީހަކު، ފަހެ، ހަމަކަށަވަރުން ކާފަރުވެއްޖެއެވެ. ނުވަތަ ޝިރުކުކޮށްފިއެވެ. އެހެން ރިވާޔަތެއްގައި ވެއެވެ. އަދި ޝިރުކުކޮށްފިއެވެ.“

”ﷲ އާއި ތިބާ އިރާދަކުރެއްވިއްޔާއޭ“ ބުނުމަކީވެސް މިޝިރުކުގެ ތެރެއަށް ވަންނާނެކަމެކެވެ. އެހެނީ، މިފަދައިން އެކަލޭގެފާނާ މުޚާޠަބުކުރި މީހަކަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((أَجَعَلْتَنِي لِلَّهِ نِدّاً، بَلْ مَا شَاءَ اللَّهُ وَحْدَهُ))([9]) މާނައީ: ”ތިބާ، ﷲއާއެކު އަޅުކަންވެވޭ ފަރާތަކަށް ތިމަންކަލޭގެފާނު ހެދީ ހެއްޔެވެ؟ އެހެނެއްކަމަކު (ބުނާށެވެ.) ހަމައެކަނި ﷲ އިރާދަކުރެއްވިއްޔާއެވެ.“

ހަމަމިފަދައިން ”ﷲ އާއި ތިބާ ނުވާނަމަ އެވެނި ކަމެއް ނުވީހޭ“، އަދި ”ތިމަންނައަށް ﷲ އާއި ތިބާ ފިޔަވައި އެހެން ފަރާތެއް ނުވެއޭ“ އަދި ”ތިމަންނަ ބަރޯސާވެގެންވަނީ ﷲ އާއި ތިބާގެ މައްޗަށޭ“ ބުނުންފަދަ ޢިބާރާތްތަކަކީ މިފަދަ ޝިރުކުގެ ޢިބާރާތްތަކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((لَا تَقُولُوا: مَا شَاءَ اللَّهُ وَشَاءَ فُلَانٌ. وَلَكِنْ قُولُوا: مَا شَاءَ اللَّهُ ثُمَّ شَاءَ فُلَانٌ))([10]) މާނައީ: ”ﷲ އިރާދަކުރެއްވީތީއޭ އަދި އެވެނިމީހަކު އެދުނީތީއޭ، ތިޔަބައިމީހުން ނުބުނާށެވެ. އެހެނެއްކަމަކު، ﷲ އިރާދަކުރެއްވީތީއޭ، ދެން އެވެނިމީހަކު އެދުނީތީއޭ ތިޔަބައިމީހުން ބުނާށެވެ.“

ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ﷲ ނުވާނަމައޭ ބުނުމަށްފަހު، އެވެނި މީހަކު ނުވިނަމަ އެވެނި ކަމެއް ނުވީހޭ ބުނެވިދާނެއެވެ. ނަމަވެސް ﷲ އާއި އެވެނި މީހަކު ނުވިނަމަ އެވެނި މިވެނިކަމެއް ނުވީހޭ ބުނުމަކީ ހުއްދަކަމެއް ނޫނެވެ.

ސ48: ބަޔާންވެދިޔަ ޙަދީޘްގައި އައިސްފައިވާ الوَاوُ“  އާއި ”ثُمَّ“ ގެ ތަފާތަކީ ކޮބާ؟

ޖ: ”الوَاوُ ”(އެބަހީ؛ އަދި) އިން ގުޅިފައިވުމުން ދޭހަކޮށްދޭ މާނައަކީ އެއްޗެއް އެއްގޮތްވުމާއި އެއްވަރުވުމުގެ މާނައެވެ. ”ﷲ އާއި ތިބާ އިރާދަކުރެއްވިއްޔާއޭ“ ބުނެފި މީހަކު އެއެއްގޮތްކުރަނީ އަޅެއްގެ އިރާދަކުރުމާއި ﷲ ތަޢާލާގެ އިރާދަކުރެއްވުމާއެވެ. އަދި މިދެފަރާތުގެ އިރާދަކުރުން އެއްވަރު ކުރަނީއެވެ. މިއާއިޚިލާފަށް ”ثُمَّ“ (އެބަހީ؛ އޭގެފަހުން) އިން ގުޅިފައިވުމުން ދޭހަކޮށްދެނީ، ކަމެއްގެފަހުން ކަމެއް އަންނަ މާނައެވެ. ”ﷲ އިރާދަކުރެއްވިއްޔާއޭ ބުނުމަށްފަހު، ތިބާ އެދުނިއްޔާއޭ“ ބުނެއްޖެމީހަކު އެއިޤުރާރުވަނީ، އަޅެއްގެ އިރާދަކުރުން އަންނާނީ، ﷲ ތަޢާލާގެ އިރާދަކުރެއްވުމަށް ފަހުގައި ކަމެވެ. އަދި އަޅެއްގެ އިރާދަކުރުން، ﷲ ތަޢާލާގެ އިރާދަކުރެއްވިއްޔާ މެނުވީ ނުވާނެކަމަށެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ﴿وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّـهُ﴾ الإنسان: ٣٠، التكوير: ٢٩ މާނައީ: ”އަދި ﷲ އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސްކަމެއް) ނުކުރެވޭނެވެ.“ ބާކީ ބުނެވިޔަ (”ﷲ އާއި ތިބާ ނުވާނަމަ އެވެނި ކަމެއް ނުވީހޭ“ ، އަދި ”ތިމަންނައަށް ﷲ އާއި ތިބާ ފިޔަވައި އެހެން ފަރާތެއް ނުވެއޭ“ އަދި ”ތިމަންނަ ބަރޯސާވެގެންވަނީ ﷲ އާއި ތިބާގެ މައްޗަށޭ“ ބުނުންފަދަ) ޢިބާރާތްތައް ހަމަމިފަދައެވެ.

ސ49: ރައްބުވަންތަކަމުގައި ﷲ އެއްކައުވަންތަވުމަކީ (تَوْحِيْدُ الرُّبُوْبِيَّةِ އަކީ) ކޮބާ؟

ޖ: އެއީ ﷲ ތަޢާލާއީ އެންމެހާ ތަކެއްޗެއްގެ ވެރިފަރާތްކަމަށާއި، އެތަކެތީގެ އެންމެހާ މިލްކުވެރިޔަކީ އެކަލާނގެ ކަމަށާއި، އެތަކެތި ހައްދަވައި، އެތަކެތި ތަދުބީރު ކުރައްވާ ފަރާތަކީ އެކަލާނގެ ކަމަށާއި، އެ މަޚްލޫޤޫންގެ މައްޗަށް އެކަލާނގެއަށް ބާރުލިބިވޮޑިގެންވާކަމަށާއި، އެކަލާނގެއީ ވެރިކަމުގައި އެއްވެސް ޝަރީކަކުނުވާ، އަދި އެއްވެސް ފަރާތެއްގެ އެހީ ތެރިކަމަށާއި ވާތްގަށް ބޭނުންވެ ވޮޑިގެންނުވާ ކަލާނގެކަމަށާއި، އެކަލާނގެ އަމުރުފުޅުތައް ރައްދުކުރެވޭނޭ އެއްވެސްފަރާތެއް ނުވާކަމަށާއި، އެކަލާނގެ ޙުކުމްފުޅުތައް ފަސްކުރެވޭނެ އެއްވެސްފަރާތެއް ނުވާކަމަށާއި، އެކަލާނގެއަށް ދެކޮޅުވެރިކަން ދެއްކޭނޭ އެއްވެސްފަރާތެއް ނުވާކަމަށާއި، އެކަލާނގެއާ ވައްތަރު އެއްވެސް ފަރާތެއްނުވާކަމަށާއި، އެކަލާނގެއާ އެއްފަދަ ފަރާތެއްނުވާކަމަށާއި، އެކަލާނގެ ރައްބުވަންތަކަމުގައްޔާއި އެކަލާނގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގައި ބައިވެރިވެވޭނެފަރާތެއް ނުހުންނާނެކަން ތެދުހިތުން އިޤްރާރުވުމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿الْحَمْدُ لِلَّـهِ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ﴾ الأنعام: ١ މާނައީ: ”ޙަމްދުހުރީ އުޑުތަކާއި ބިންހައްދަވައި އަނދިރިކަމާއި، އަލިކަންލެއްވި ﷲއަށެވެ.“ މިއާޔަތުގެ އިތުރަށް މިސޫރަތުގެ އެންމެހާ އާޔަތްތަކަކީ މީގެ ދަލީލުތަކެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ﴾ الفاتحة: ٢ މާނައީ: ”ޙަމްދުހުރީ، ޢާލަމްތަކުގެ ވެރި ﷲ އަށެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿قُلْ مَن رَّبُّ السَّمَاوَاتِ وَالْأَرْضِ قُلِ اللَّـهُ قُلْ أَفَاتَّخَذْتُم مِّن دُونِهِ أَوْلِيَاءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّا قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ أَمْ هَلْ تَسْتَوِي الظُّلُمَاتُ وَالنُّورُ أَمْ جَعَلُوا لِلَّـهِ شُرَكَاءَ خَلَقُوا كَخَلْقِهِ فَتَشَابَهَ الْخَلْقُ عَلَيْهِمْ قُلِ اللَّـهُ خَالِقُ كُلِّ شَيْءٍ وَهُوَ الْوَاحِدُ الْقَهَّارُ﴾ الرعد: ١٦ މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގެ ވެރިއިލާހަކީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ﷲއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ތަކެތީގެ އަމިއްލަ ނަފްސުތަކަށް މަންފާއެއް، ނުވަތަ ގެއްލުމެއް ދިނުމުގެ ބާރު ލިބިގެންނުވާ ތަކެތި، އެކަލާނގެ ފިޔަވައި އެހީތެރިންކަމުގައި ތިޔަބައިމީހުން ހިފަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ލޯކަނުމީހާއާއި، ލޮލަށް ފެންނަ މީހާއާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އަނދިރިކަމާއި، އަލިކަމާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އެބައިމީހުން ﷲއަށް ބައިވެރިންތަކެއްލައި، އެ ބައިވެރިންތައް އެކަލާނގެ ހައްދަވާފައިވާކަހަލަ އެއްވެސް އެއްޗެއް ހަދައި، އެ (ދެފަރާތުގެ) މަޚްލޫޤުން އެބައިމީހުންނަށް އެއްގޮތްވެ، އޮޅިގެން އުޅެންޖެހުނުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ﷲއީ، ހުރިހާ އެއްޗެއް ހައްދަވާ އިލާހެވެ. އަދި އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ އިލާހެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿اللَّـهُ الَّذِي خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ هَلْ مِن شُرَكَائِكُم مَّن يَفْعَلُ مِن ذَٰلِكُم مِّن شَيْءٍ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ﴾ الروم: ٤٠ މާނައީ: ”ތިޔަބައިމީހުން ހައްދަވައި، ދެން ތިޔަބައިމީހުންނަށް ރިޒްޤުދެއްވައި، ދެން ތިޔަބައިމީހުން މަރުގަންނަވައި، ދެން ތިޔަބައިމީހުން އަލުން ދިރުއްވަނީ ﷲއެވެ. ތިޔަބައިމީހުންގެ ޝަރީކުންގެ ތެރެއިން މިއިން އެއްވެސްކަމެއްކުރާ މީހަކު ވޭހެއްޔެވެ؟ އެބައިމީހުން ޝަރީކުކުރާ ކަންތަކުން އެކަލާނގެ ހުސްޠާހިރުވަންތަވެ، މަތިވެރިވެ ވޮޑިގެންވެއެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿هَـٰذَا خَلْقُ اللَّـهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِن دُونِهِ﴾ لقمان: ١١ މާނައީ: ”މިއީ ﷲގެ ހެއްދެވުމެވެ. އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކުން ހަދާފައިވަނީ ކޮންއެއްޗެއްކަން، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް، ފަހެ، ދައްކައިބަލާށެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿ أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ * أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَل لَّا يُوقِنُونَ﴾ الطور: ٣٥ – ٣٦ މާނައީ: ”އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތި އެބައިމީހުން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެބައިމީހުން ހެއްޔެވެ؟ އަދި ކިއެއްތަ! އުޑުތަކާއި، ބިން ހެދީ އެބައިމީހުން ހެއްޔެވެ؟ އަދި ކިއެއްތަ! އެބައިމީހުންނީ، ވިސްނާ ފިކުރުނުކުރާ ބަޔެކެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ هَلْ تَعْلَمُ لَهُ سَمِيًّا﴾ مريم: ٦٥  މާނައީ: ”(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިއިލާހެވެ. ފަހެ، ކަލޭގެފާނު، އެކަލާނގެއަށް އަޅުކަންކުރައްވާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރެއްވުމުގައި ދެމިހުންނަވައި، ކެތްތެރިވެވަޑައިގަންނަވާށެވެ! އެކަލާނގެއާ އެއްފަދަ އެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ﴾ الشورى: ١١ މާނައީ: ”އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَقُلِ الْحَمْدُ لِلَّـهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ وَكَبِّرْهُ تَكْبِيرًا﴾ الإسراء: ١١١ މާނައީ: ”އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙަމްދުހުރީ ﷲއަށެވެ. އެކަލާނގެއީ، ދަރިކަލަކު ނުހިއްޕަވާ އިލާހެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި ނިކަމެތިކަމުން ސަލާމަތްކުރާނޭ ރައްކާތެރިޔަކު އެކަލާނގެއަކަށް ނުމެވޭމެއެވެ. އަދި ކަލޭގެފާނު ގިނަގިނައިން އެކަލާނގެއަށް ތަކްބީރު ވިދާޅުވާށެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّـهِ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ *  وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ حَتَّىٰ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ قَالُوا الْحَقَّ وَهُوَ الْعَلِيُّ الْكَبِيرُ﴾ سبأ: ٢٢ – ٢٣ މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ފިޔަވައި، ތިޔަބައިމީހުން އެކަލާނގެއަށް ޝަރީކަކޮށްއުޅުނު ފަރާތްތަކަށް ތިޔަބައިމީހުން ގޮވައިބަލާށެވެ! އުޑުތަކާއި، ބިމުގައި ޛައްރެއްގެ މިންވަރުވެސް އެބައިމީހުންނަކަށް މިލްކުވެގެނެއް ނުވެއެވެ. އަދި އެ ދެތާނގައި އެބައިމީހުންނަކަށް ބައިވެރިވުމެއްވެސްނެތެވެ. އަދި އެކަލާނގެއަށް އެއްވެސް އެހީތެރިޔަކު އެބައިމީހުންގެ ތެރެޔަކުން ނުވެއެވެ. އަދި އެމީހަކަށް އެކަލާނގެ އިޛުނަދެއްވައިފި މީހަކަށްމެނުވީ، އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރިކަމުން މަންފާއެއް ނުކުރާނެއެވެ. އެބައިމީހުންގެ ހިތްތަކުން ބިރުވެރިކަން ކެނޑިއްޖައުމަށް ދާނދެނެވެ. (އެހިނދު) އެބައިމީހުން (އެކަކުއަނެކަކަށް) ބުނާނެއެވެ. ތިޔަބައިމީހުންގެ ވެރިއިލާހު ވަޙީކުރެއްވީ ކީކޭހެއްޔެވެ؟ އެބައިމީހުން (އެކަކު އަނެކަކަށް) ބުނާނެއެވެ. (އެކަލާނގެ ވަޙީކުރެއްވީ) ޙައްޤުބަސްފުޅެވެ. އެކަލާނގެއީ، އެންމެ މަތިވެރި، އެންމެ ބޮޑު އިލާހެވެ.“

ސ50: ރައްބުވަންތަކަމުގައި ﷲ އެއްކައުވަންތަވުމުގެ (تَوْحِيْدُ الرُّبُوْبِيَّةِ) އިދިކޮޅަކީ ކޮބާ؟

ޖ: އެއީ؛ ކައުނު ތަދުބީރު ކުރެއްވުމުގެ ތެރޭގައި ހިމެނޭ ޚަލްޤުތަކުން އުފެއްދެވުން ނުވަތަ ނުއުފެއްދެވުން، ނުވަތަ ދިރުއްވުން ނުވަތަ މަރުގެންނެވުން، ނުވަތަ ހެވެއް ލިއްބައިދިނުން ނުވަތަ ނުބައެއް ދުރުކޮށްދިނުން، ނުވަތަ އެނޫންވެސް ރައްބުވަންތަކަމުގެ މާނާގައި ހިމެނޭ އެއްވެސްކަމެއްގައި ﷲ ޢައްޒަވަޖައްލައާއެކު އެހެންފަރާތެއްވާކަމަށް އިޢުތިޤާދުކުރުމެވެ. ނުވަތަ ޣައިބުގެ ޢިލްމާއި، މަތިވެރިކަމާއި، ކިބްރިޔާވަންތަކަންފަދަ އެކަލާނގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގައި ބައިވެރިވެވޭނެފަރާތެއްވާކަމަށް އިޢުތިޤާދުކުރުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿مَّا يَفْتَحِ اللَّـهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا وَمَا يُمْسِكْ فَلَا مُرْسِلَ لَهُ مِن بَعْدِهِ وَهُوَ الْعَزِيزُ الْحَكِيمُ ﴿٢﴾ يَا أَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ هَلْ مِنْ خَالِقٍ غَيْرُ اللَّـهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ﴾ فاطر: ٢ – ٣ މާނައީ: ”މީސްތަކުންނަށްޓަކައި ﷲ އެއްވެސް ރަޙްމަތެއް ހުޅުއްވަވާނަމަ، ފަހެ، އެ ރަޙްމަތް ހިފަހައްޓާނެ މީހަކު ނުވެއެވެ. އަދި އެކަލާނގެ ކަމެއް ހިފަހައްޓަވާނަމަ، އެކަން އެކަލާނގެއަށްފަހު ވީއްލާނެ މީހަކު ނުވެއެވެ. އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ. އޭ މީސްތަކުންނޭވެ! ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ހަނދުމަކުރާށެވެ! ﷲމެނުވީ ތަކެތި ހައްދަވާ، އުޑާއި ބިމުން ތިޔަބައިމީހުންނަށް ރިޒްޤުދެއްވާ ކަލަކު ވޭހެއްޔެވެ؟“ އަދި މި ސޫރަތުގައިވާ އެހެން އާޔަތްތަކެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَإِن يَمْسَسْكَ اللَّـهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ﴾ يونس: ١٠٧  މާނައީ: ”އަދި ﷲ ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ، އެކަން ފިއްލަވާނޭ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ ފަޟްލަވަންތަކަން އަނބުރާ ރައްދުކުރެވޭނެ ފަރާތެއް ނުވެއެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿قُلْ أَفَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّـهِ إِنْ أَرَادَنِيَ اللَّـهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ قُلْ حَسْبِيَ اللَّـهُ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ﴾ الزمر: ٣٨ މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ﷲ، ތިމަންކަލޭގެފާނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، ﷲފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް އެ ގެއްލުން ދުރުކޮށްދެވިދާނެކަމަށް، ނުވަތަ އެކަލާނގެ، ތިމަންކަލޭގެފާނަށް ރަޙްމަތަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ ރަޙްމަތް (އަޔަނުދީ) އެތަކެއްޗަށް ހިފެހެއްޓިދާނެކަމަށް ތިޔަބައިމީހުން ދެކެމުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ﷲފުދެއެވެ. ވަކީލުކުރާމީހުން ވަކީލުކުރާހުށީ އެކަލާނގެއަށެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ﴾ الأنعام: ٥٩ މާނައީ: ”އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެއެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ﴾ النمل: ٦٥ މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ﷲއަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް ޣައަބުގައިވާކަމެއް ނޭނގޭނެއެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ﴾ البقرة: ٢٥٥ މާނައީ: ”އަދި، އެކަލާނގެ ޢިލްމުފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެބައިމީހުންނަކަށް އެނގިގެނެއް ނުވެއެވެ.“ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((يَقُوْلُ اللهُ تَعَالَى: الْعَظَمَةُ إِزَارِي، الْكِبْرِيَاءُ رِدَائِي، فَمَنْ نَازَعَنِي وَاحِدًا مِنْهُمَا أَسْكَنْتُهُ نَارِي))([11]) މާނައީ: ”ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. މަތިވެރިކަމަކީ ތިމަން އިލާހުގެ އިޒާރުކޮޅެވެ. ކިބްރިޔާވަންތަކަމަކީ ތިމަންއިލާހުގެ ރިދާކޮޅެވެ. ފަހެ، މި ދެކަމުގެތެރެއިން ކަމެއްގައި ތިމަން ރަސްކަލާނގެއާ ވާދަކޮށްފިމީހަކު ނަރަކާގައި ވަޒަންވެރިކުރައްވާ ހުށީމެވެ.“

(ނުނިމޭ)


([1]) رواه البخاري (2856، 5967، 6267، 6500) ، ومسلم (الإيمان / 48، 51) ، وأحمد (3 / 260، 261) ، والترمذي (2643)، وابن ماجه (4269).

([2]) (صحيح) ، رواه أحمد (5 / 428، 429) ، والبغوي في شرح السنة (14 / 324).

([3]) (حديث حسن. والجزء الذي احتج به الحافظ الحكمي “ صحيح لغيره “ أو نقول صحيح المتن) ، رواه ابن ماجه (4204) بسند حسن على الراجح.

([4]) (صحيح) ، رواه أبو داود (3248) ، والنسائي (7 / 5)، وسكت عنه الإمام أبو داود، وصححه الألباني.

([5]) (صحيح) ، رواه النسائي (3773).

([6]) (صحيح) ، رواه أبو داود (3248) ، والنسائي (7 / 5) ، وسكت عنه الإمام أبو داود، وصححه الألباني.

([7]) (صحيح) ، رواه أبو داود (3253) وقد قال الشيخ الألباني: وهذا إسناد صحيح رجاله كلهم ثقات اهـ.

([8]) (صحيح) رواه أحمد (2 / 34، 67، 69، 86، 125)، ورواه أبو داود (3251)، والترمذي (1535)، والحاكم (4 / 297)، والبيهقي (10 / 29) ، وقد سكت عنه الإمام أبو داود، وقال الإمام الترمذي: هذا حديث حسن، وقال الحاكم: هذا حديث صحيح على شرط الشيخين ولم يخرجاه، ووافقه الذهبي، وقد صححه أيضا الألباني.

([9]) (سنده حسن وهو صحيح لغيره) ، رواه أحمد (1 / 214، 224، 283، 347)، وابن ماجه (2117)، والنسائي (في الكبرى)، والطحاوي (1 / 90)، وأبو نعيم (4 / 99)، ورواه أيضا البخاري في الأدب (783).

([10]) (صحيح) من حديث حذيفة. رواه أحمد (5 / 384، 394، 398)، وأبو داود (4980)، والبيهقي (3 / 216)، والطحاوي (1 / 90).

([11]) (صحيح) ، رواه أحمد (2 / 248، 376، 414، 427، 442) ، وأبو داود (4090) ، وابن ماجه (4174) ، الحديث صححه الألباني.

 1,444 total views