’މިހާލަތުގައި‘ ކިޔާ މުޅިން އައު ޕްރޮގްރާމެއް މިރޭ ފަށަނީ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ’މިހާލަތުގައި‘ ކިޔާ މުޅިން އައު ޕްރޮގްރާމެއް މިރޭފަށާގޮތަށް ހަމަޖައްސައިފިއެވެ.

މިވަގުތު މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ކޮވިޑް19 ގެ ކާރިސާއާއި ގުޅިގެން، މިރޭ 9 އިން 10 އަށް ސަލަފް ސްޓޫޑިއޯއިން ގެނެސްދޭ މި ޕްރޮގްރާމް ލައިވް ކުރުމަށް ހަމަޖެހިފައިވަނީ ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖް އިންނެވެ.ހަފްތާތެރޭ މަދުވެގެން 2 ޕްރޮގްރާމް ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ސިލްސިލާގެމިރޭގެ ޕްރޮގްރާމްގައި ބައްދަލު ކުރައްވާނީ އައްޝައިޚް އަޙްމަދު ސަމީރު އާއިއައްޝައިޚް ޙަސަން މޫސާ ފިކްރީ އެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ ކޮވިޑް19 ގެ ކާރިސާއާއި ގުޅިގެން ކުރިމަތިވާ ދީނީ އެކިއެކި ސުވާލުތަކަށް ޖަވާބު ދިނުމާއި ޙާލަތާއި ގުޅޭގޮތުން ދީނީގޮތުން ވިސްނަން ޖެހޭ އެކިއެކި ކަންތައްތަކުގެ މައުލޫމާތު ދިނުމެވެ. އަދި މިފަދަ ވާބާތަކާއި ރޯގާތަކާއި ގުޅިގެން މީސްތަކުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމާއި، އެކެއެކި ފަރުދުންގެ ހިތްތަކުގައި އުފެދޭ ނުތަނަވަސްކަން ފިލުވަލުމަށްޓަކައި މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ މަތިވެރި އުޞޫލުތަކުގެ މައްޗަށް ހޭލުންތެރިކަން އިތުރު ކުރުވުމެވެ.

ޢާއްމު ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ޞައްޙަ މަޢުލޫމާތު ފެތުރުމާއި، ހޭލުންތެރިކަން އިތުރުކޮށްދީ ދީނީ ދަޢުވަތު ފެތުރުމަށް ޖަމްޢިއްޔަތުއްސަލަފުގެފަރާތުން ކުރިޔަށްގެންދާ ގިނަ ޕްރޮގުރާމްތަކެއް، ކޮވިޑް19 އާގުޅިގެންވަނީ ވަނީ ވަގުތީގޮތުން މެދުކަޑާލާފައެވެ.. ވީމާ، މިޕްރޮގުރާމަކީ އެތައްބަޔަކަށް އޭގެ މަންފާ ކުރާނޭ ޕްރޮގުރާމެއްކަމުގައި ޖަމްޢިއްޔާއިން ދެކެއެވެ. 

 188 total views