މުޞީބާތްތަކުން ރައްކާތެރިވުމަށް އިސްލާމްދީނުގައި ދެއްވާފައިވާ އިރުޝާދުތަކެއް

الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالتَّابِعِينَ لَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ:

މި ދުވަސްވަރަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި  ކޮރޯނާ ވައިރަސް – ކޮވިޑް 19 ހުއްޓުމެއްނެތި ފެތުރެމުންދާ ދުވަސްވަރެކެވެ. ޞިއްޙީގޮތުންނާއި، އިޤްތިޞާދީގޮތުންނާއި، ޢުމުރާނީގޮތުންނާއި، އިޖްތިމާޢީގޮތުން މުޅި ދުނިޔެ ހިތާމައިގެ ތެރެއަށް ވެއްޓިފައިވާ ދުވަސްވަރެކެވެ.

މިފަދަ ދުވަސްވަރެއްގައި އަޅުގަނޑުމެންގެ މައްޗަށް އޮތީ މިކަންކަމުން ޢިބްރަތް ލިބިގަނެ، ﷲ ގެ ދީނަށް އެނބުރި ރުޖޫޢަވުމެވެ. އަޅުގަނޑުމެންނަށް ކުރެވިފައިވާ ފާފަތަކުން ދުރުވެ، އެކަލާނގެ ރުއްސަވާ މަގަށް އެނބުރި އައުމެވެ.

އިމްތިޙާނުކުރެއްވުމުގެ ގޮތުންނާއި، ރަޙްމަތެއްގެ ގޮތުންނާއި، ޢަޛާބެއްގެ ގޮތުން ﷲ ވަނީ މި ކައުނުގައި ނުބައިކަންކަމާއި، ބަލިތަކާއި، ވަބާތައް ލައްވާފައެވެ. ހަމައެއާއެކު، އެކަންކަމުން ސަލާމަތްވާނެ ސަބަބުތައްވެސް ވަނީ ލައްވާފައެވެ. އެ ސަބަބުތަކުގައި ހިފުމަކީ އިސްލާމްދީން ބާރުއަޅާ، ތަރުޙީބުދޭކަމެކެވެ. މިފަދަ އެންމެހާ މުޞީބާތްތަކުން ސަލާމަތްވެ، ރައްކާތެރިވާނެ މަގުތައް މާތް ﷲ ވަނީ އެކަލާނގެ ދީނުގައި ބަޔާކޮށްދެއްވާފައެވެ.

މި ކުޑަކުޑަ ފޮތުގައި ބަޔާންމިކޮށްލަނީ؛ ނުބައިކަންކަމާއި، ބަލިތަކާއި، ވަބާތަކުން ސަލާމަތްވުމަށްޓަކައި އިސްލާމްދީނުގައި ބަޔާންކޮށްދެއްވާފައިވާ ބައެއް އިރުޝާދުތަކަށެވެ. މިކަންކަމަށް ސަމާލުކަންދީފިކަމުގައިވާނަމަ، މާތް ﷲގެ އިރާދަފުޅާއެކު މުއުމިނުން ތިބޭނީ އެކަލާނގެ ރައްކާތެރިކަމާއި ހިމާޔަތުގައެވެ. ނުބައިކަންކަމުންނާއި ބަލިތަކުންނާއި ވަބާތަކުން ސަލާމަތްވެ، ފުރިހަމަ ޞިއްޙަތާއި، ޢާފިޔަތު ލިބުންވަނީ ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުންނެވެ.

ދުޢާއަކީ: މާތް ﷲ އަޅަމެންނަށް އެކަލާނގެ ދީނުގައިވާ ޢިލްމުތައް އުގަންނަވައި ދެއްވުމެވެ. އަދި އެ ޢިލްމުތަކުން މަންފާ ޙާޞިލުކުރުމުގެ ތައުފީޤު ދެއްވުމެވެ. އަދި ތަފާތު އެކި ބަލިމަޑުކަމުން އަޅަމެން ރައްކާތެރިކޮށްދެއްވުމެވެ. ދުނިޔެއާއި އާޚިރަތުގައި ޢާފިޔަތު ދެއްވުމެވެ.

ފޮތް ޑައުންލޯޑުކުރައްވާ

 2,988 total views