ޢަޤީދާގެ 200 ސުވާލާއި ޖަވާބު (12): ސުވާލު 51 އިން 55 އަށް

ސ51: އިސްމުފުޅުތަކުގައްޔާއި ޞިފަފުޅުތަކުގައި މާތް ﷲ އެއްކައުވަންތަކުރުން (تَوْحِيْدُ الأَسْمَاءِ وَالصِّفَاتِ) އަކީ ކޮބާ؟

ޖ: އެއީ؛ މާތް ﷲ ކީރިތި ޤުރްއާނުގައި އެކަލާނގެ ނަފްސުފުޅަށް ޞިފަކުރައްވާފައިވާ، އަދި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލާނގެއަށް ޞިފަކުރައްވާފައިވާ އެންމެ މަތިވެރިވެގެންވާ އިސްމުފުޅުތަކާއި މަތިވެރިވެގެންވާ ޞިފަފުޅުތަކެވެ. އެ އިސްމުފުޅުތަކަށާއި ޞިފަފުޅުތަކަށް އީމާންވާންޖެހޭނީ އައިސްފައިވާ ގޮތަށް، ކިހިނެއްކަން ބަޔާންކުރުމެއް ނެތިއެވެ. އެއީ ﷲ ތަޢާލާ އެކަލާނގެއަށް އިސްމުފުޅުތަކާއި ޞިފަފުޅުތައް ޘާބިތުކުރައްވައި، އެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ ކައިފިއްޔަތު މީސްތަކުންނަށް އެނގުން ނަފީކުރައްވާފައިވާ ގޮތުގެ މަތިންނެވެ. މިކަން ޤުރްއާނުގެ އެއްތަނަށްވުރެ ގިނަ ތަންތަނުގައި އައިސްފައިވެއެވެ. މިގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِهِ عِلْمًا﴾ طه: 110 މާނައީ: ”އެބައިމީހުންގެ ކުރިމަތީގައިވާ ކަންތަކާއި، އެބައިމީހުންގެ ފަހަތުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެބައިމީހުންނަކަށް އެކަންތައްތަކެއް އެނގިގެނެއް ނުވެތެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ ﴾ الشورى: 11 މާނައީ: ”އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿لَا تُدْرِكُهُ الْأَبْصَارُ وَهُوَ يُدْرِكُ الْأَبْصَارَ وَهُوَ اللَّطِيفُ الْخَبِيرُ ﴾ الأنعام: 103 މާނައީ: ”އެކަލާނގެ ޛާތުފުޅު (ދުނިޔެމަތީގައި) ލޯތަކަކަށް ނުފެންނާނެތެވެ. އެކަލާނގެ، އެ ލޯތައް ދެކެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“ މިފަދަ އެހެން އާޔަތްތަކެވެ.

އުބައްޔު ބުން ކަޢުބު ރަޟިޔަﷲ ޢަންހުގެ ކިބައިން އައްތިރުމިޛީ ރިވާކުރައްވާފައިވެއެވެ. ”މުޝްރިކުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދަންނަވާކަމުގައިވެއެވެ. ކަލޭގެފާނުގެ ވެރި ރައްބުގެ ނަސަބުފުޅަކީ ކޮބައިކަން އަހަރެމެންނަށް ކިޔައިދެއްވާށެވެ؟ ފަހެ، ﷲ ތަޢާލާ މި ސޫރަތް ބާވާލެއްވިއެވެ. ﴿قُلْ هُوَ اللَّـهُ أَحَدٌ * اللَّـهُ الصَّمَدُ﴾ މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ ﷲ އެވެ. ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.“ الصَّمَدُވަންތަ ކަލާނގެއަކީ ﴿لَمْ يَلِدْ وَلَمْ يُولَدْ﴾ (މާނައީ: ”އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ.“) މި ޞިފަފުޅުތައް ލިބިވޮޑިގެންވާ ކަލާނގެއެވެ. އެހެނީ، އުފަންވެއްޖެ އެއްޗަކީ މަރުވާނެ އެއްޗެކެވެ. އަދި މަރުވާނެ އެއްޗަކީ ވާރުތަކުރާނެ އެއްޗެކެވެ. ﷲ ތަޢާލާއީ އަވަހާރަފުޅުވުމެއްނުވާ، އަދި ވާރުތަ ނުކުރައްވާނެ ފަރާތެކެވެ. ﴿ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ﴾ މާނައީ: ”އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ.“ (ޢުބައްޔު ބުން ކަޢުބު) ވިދާޅުވިއެވެ. ”އެކަލާނގެއާ ވައްތަރު އަދި އެކަލާނގެއާ އެއްފަދަ އެއްވެސް ފަރާތެއްނުވެއެވެ. އެކަލާނގެއީ، އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވާ ކަލާނގެއެވެ.“(1)

ސ52: ﷲއަށް ”الأَسْمَاءُ الْحُسْنَى“ ގެ އިސްމުފުޅުތައް ލިބިވޮޑިގެންވާކަމަށް ދަލީލުކޮށްދޭ ޤުރުއާނާއި ސުންނަތުގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَلِلَّهِ الْأَسْمَاءُ الْحُسْنَى فَادْعُوهُ بِهَا وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ﴾ الأعراف: ١٨٠ މާނައީ: ”އެންމެރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، ﷲއަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެއަށް ދުޢާކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤުމަގުން އެއްކިބާވެ އުޅޭމީހުން ދޫކޮށްލާށެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿ قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَنَ أَيًّا مَا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَى﴾ الإسراء: ١١٠ މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲގެ އިސްމުފުޅުން ދުޢާކުރާށެވެ! ނުވަތަ ރަޙްމާންގެ އިސްމުފުޅުން ދުޢާކުރާށެވެ! ތިޔަބައިމީހުން (އެކަލާނގެ އިސްމުފުޅުތަކުން) ކޮންމެ އިސްމުފުޅަކުން ދުޢާކުރިޔަސް (ހަމަހަމައެވެ.) ފަހެ، އެކަލާނގެއަށް الأَسْمَاءُ الْحُسْنَى (އޭ ކިއުނު އިސްމުފުޅުތައް) ވެއެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿اللَّهُ لَا إِلَـٰهَ إِلَّا هُوَ لَهُ الْأَسْمَاءُ الْحُسْنَى﴾ طه: ٨ މާނައީ: ”ﷲއީ، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާ އިލާހެވެ. އެންމެ ރިވެތި އިސްމުފުޅުތައް މިލްކުވެގެންވަނީ އެކަލާނގެއަށެވެ.“ މިފަދަ އެހެން އާޔަތްތަކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا، مَنْ أَحْصَاهَا دَخَلَ الْجَنَّةَ))(2) މާނައީ: ”ހަމަކަށަވަރުން ﷲއަށް ނުވަދިހަނުވަ އިސްމުފުޅުވެއެވެ. އެއިސްމުފުޅުތައް ދަސްކޮށް، އެއިސްމުފުޅުތަކަށް ދޭންޖެހޭ ޙައްޤުތައް ދީފިމީހަކު ސުވަރުގެ ވަންނަ ހުއްޓެވެ.“ އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ أَوْ أَنْزَلْتَهُ فِي كِتَابِكَ أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ أَوْ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي))(3) މާނައީ: ”އިބައިލާހުގެ އަމިއްލަ ޛާތުފުޅަށް ޚުދު އިބައިލާހު ދެއްވާފައިވާ، ނުވަތަ އިބައިލާހުގެ ފޮތުގައި ބާވާލައްވާފައިވާ، ނުވަތަ އިބައިލާހުގެ ޚަލްޤުތަކުންގެ ތެރެއިން މީހަކަށް އުނގަންނައި ދެއްވާފައިވާ، ނުވަތަ އިބައިލާހުގެ ޙަޟްރަތުން ޣައިބުގެ ޢިލްމުގައި ޚާއްޞަކުރައްވާފައިވާ އިބައިލާހުގެ އެންމެހާ އިސްމުފުޅުތަކެއް މެދުވެރިކޮށް ދަންނަވަމެވެ. މިއަޅާގެ ހިތުގެ ބަހާރުކަމުގައި ޤުރުއާން ލައްވާނދޭވެ.“

ސ53: ޤުރުއާނުން ”الأَسْمَاءُ الْحُسْنَى“ ގެ މިސާލަކީ ކޮބާ؟

ޖ: މިސާލުތަކުގެ ތެރޭގައި: ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا﴾ النساء: ٣٤ މާނައީ: ”ހަމަކަށަވަރުން، ﷲއީ، އެންމެ މަތިވެރި، އެންމެ ބޮޑު އިލާހު ކަމުގައިވެއެވެ.“ ﴿إِنَّ اللَّهَ كَانَ لَطِيفًا خَبِيرًا﴾ الأحزاب: ٣٤ މާނައީ: ”ހަމަކަށަވަރުން، ﷲއީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ އިލާހު ކަމުގައިވެއެވެ.“ ﴿إِنَّهُ كَانَ عَلِيمًا قَدِيرًا﴾  فاطر: ٤٤  މާނައީ: ”ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ކަލާނގެ ކަމުގައިވެއެވެ.“ ﴿إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا﴾ النساء: ٥٨ މާނައީ: ”ހަމަކަށަވަރުން، ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހު ކަމުގައިވެއެވެ.“ ﴿إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا﴾ النساء: ٥٦ މާނައީ: ”ހަމަކަށަވަރުން، ﷲއީ، ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހު ކަމުގައިވެއެވެ.“ ﴿إِنَّ اللَّهَ كَانَ غَفُورًا رَحِيمًا﴾ النساء: ٢٣ މާނައީ : ”ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ އިލާހު ކަމުގައިވެއެވެ.“ ﴿إِنَّهُ بِهِمْ رَءُوفٌ رَحِيمٌ﴾ التوبة: ١١٧ މާނައީ: ”ހަމަކަށަވަރުން، އެކަލާނގެއީ، އެބައިމީހުންނަށް ނުހަނު އޯގާވަންތަ، ރަޙީމްވަންތަ އިލާހެވެ.“  ﴿وَاللَّهُ غَنِيٌّ حَلِيمٌ﴾ البقرة: ٢٦٣ މާނައީ: ”ﷲއީ، ފުދިވޮޑިގެންވާ، ޙަލީމްވަންތަ އިލާހެވެ.“ ﴿إِنَّهُ حَمِيدٌ مَجِيدٌ﴾ هود: ٧٣ މާނައީ: ”ހަމަކަށަވަރުން، އެކަލާނގެއީ ޙަމްދުލިބިވޮޑިގެންވާ، މާތް، ދީލަތިވަންތަ އިލާހެވެ.“ ﴿إِنَّ رَبِّي عَلَى كُلِّ شَيْءٍ حَفِيظٌ﴾ هود: ٥٧ މާނައީ: ”ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިއިލާހީ، ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި، ބަލަހައްޓަވާ އިލާހެވެ.“ ﴿إِنَّ رَبِّي قَرِيبٌ مُجِيبٌ﴾ هود: ٦١ މާނައީ: ”ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިއިލާހީ، ކުއްތަންވެވޮޑިގެންވާ (ދުޢާ) އިޖާބަކުރައްވާ އިލާހެވެ.“ ﴿إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا﴾ النساء: ١ މާނައީ: ”ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި،  ﷲ ވޮޑިގެންވެއެވެ.“ ﴿وَكَفَى بِاللَّهِ وَكِيلًا﴾ النساء: ٨١ މާނައީ: ”ވަކީލަކު ކަމުގައި ﷲ ފުދެއެވެ.“ ﴿وَكَفَى بِاللَّهِ حَسِيبًا﴾ النساء: ٦ މާނައީ: ”ޙިސާބު ބައްލަވަނިވި ކަލަކު ކަމުގައި ﷲ ފުދެއެވެ.“ ﴿وَكَانَ اللَّهُ عَلَى كُلِّ شَيْءٍ مُقِيتًا﴾ النساء: ٨٥ މާނައީ: ”ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.“ ﴿أَنَّهُ عَلَى كُلِّ شَيْءٍ شَهِيدٌ﴾ فصلت: ٥٣ މާނައީ: ”ކަލޭގެފާނުންގެ ވެރިއިލާހީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ އިލާހެވެ.“ ﴿إِنَّهُ بِكُلِّ شَيْءٍ مُحِيطٌ﴾ فصلت: ٥٤ މާނައީ: ”ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވާ އިލާހެވެ.“ ﴿اللَّهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ﴾ البقرة: ٢٥٥ މާނައީ: ”ﷲ އީ، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤައިމުވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.“ ﴿هُوَ الْأَوَّلُ وَالْآخِرُ وَالظَّاهِرُ وَالْبَاطِنُ وَهُوَ بِكُلِّ شَيْءٍ عَلِيمٌ﴾ الحديد: ٣ މާނައީ: ”އެކަލާނގެއީ، (ފެށުމެއްނެތި) އެންމެފުރަތަމަ ވޮޑިގެންވި ފަރާތެވެ. އަދި (ނިމުމެއްނެތި) އެންމެފަހުން ވޮޑިގެންވާ ފަރާތެވެ. އަދި އެއީ ހުރިހާ އެއްޗެއްގެ މަތީގައި ވޮޑިގެންވާ، (ނުވަތަ ހެކިތަކުން ފާޅުވެވޮޑިގެންވާ)، އަދި (ޙިއްސުތަކަށް) ވަންހަނާވެވޮޑިގެންވާ އިލާހެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.“ ﴿هُوَ اللَّهُ الَّذِي لَا إِلَـٰهَ إِلَّا هُوَ عَالِمُ الْغَيْبِ وَالشَّهَادَةِ هُوَ الرَّحْمَنُ الرَّحِيمُ * هُوَ اللَّهُ الَّذِي لَا إِلَـٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ * هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَهُ الْأَسْمَاءُ الْحُسْنَى﴾ الحشر: ٢٢ – ٢٤  މާނައީ: ”އެކަލާނގެއީ، ﷲއެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާ އިލާހެވެ. ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ އިލާހެވެ. އެކަލާނގެއީ، ރަޙްމާންވަންތަ، ރަޙީމްވަންތަ އިލާހެވެ. އެކަލާނގެއީ، ﷲއެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާ އިލާހެވެ. ހުރިހާތަކެތީގެ ވެރި، ޠާހިރުވަންތަ، ހުރިހާ އުނިކަމަކުން ހުސްދުރުވެވޮޑިގެންވާ އިލާހެވެ. (ރަސޫލުންނާއި ނަބީންގެ ބަސްފުޅުތައް) ތެދުކުރައްވާ، ހުރިހާ އެއްޗެއް ރައްކާތެރިކުރައްވައި ބަލަހައްޓަވާ، ގަދަފަދަވަންތަކަމުގައި އެވަރެއްނުވާ، ހިއްޕެވުމާއި ބަދަލުހިއްޕެވުން ގަދަފަދަވަންތަ، كبرياء ވަންތަކަމުގެ ވެރި އިލާހެވެ. އެބައިމީހުން ޝަރީކުކުރާ ތަކެތިން ﷲ ހުސްޠާހިރުވެވޮޑިގެންވެއެވެ. އެކަލާނގެއީ، ﷲއެވެ. ހުރިހާ އެއްޗެއް ހައްދަވާ، ހުރިހާ އެއްޗެއް އުފައްދަވާ، (އެންމެހާ އެއްޗެއް) ޞޫރަކުރައްވާ އިލާހެވެ. އެންމެހާ ރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެއަށް ތަސްބީޙަ ދަންނަވައެވެ. އަދި އެކަލާނގެއީ، ޢިއްޒަތްވަންތަ، ޙިކުމަތްވަންތަ ކަލާނގެއެވެ.“ މިފަދަ އެތައް އާޔަތްތަކެއްވެއެވެ.

ސ54: ސުންނަތުން ”الأَسْمَاءُ الْحُسْنَى“ ގެ މިސާލަކީ ކޮބާ؟

ޖ: މިސާލުތަކުގެ ތެރޭގައި: ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މި ޙަދީޘް ވެއެވެ. ((لَا إِلَـٰهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ، لَا إِلَـٰهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَـٰهَ إِلَّا اللهُ رَبُّ السَّمَوَاتِ وَرَبُّ الأَرْضِ رَبُّ الْعَرْشِ الْكَرِيمِ))(4) މާނައީ: ”ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެންއެއްވެސް އިލާހެއް ނުވެއެވެ. އެއިލާހީ މަތިވެރިވަންތަ، ޙަލީމްވަންތަ އިލާހެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެންއެއްވެސް އިލާހެއް ނުވެއެވެ. އެއިލާހީ މަތިވެރި ޢަރުޝީގެ ވެރިރަސްކަލާނގެއެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެންއެއްވެސް އިލާހެއް ނުވެއެވެ. އެއިލާހީ އުޑުތަކާއި ބިންތަކުގެ ވެރި، މާތް ޢަރުޝީގެ ވެރިރަސްކަލާނގެއެވެ.“ އަދިވެސް ޙަދީޘްގައި ވެއެވެ. ((يَا حَيُّ يَا قَيُّومُ، يَا ذَا الْجَلَالِ وَالإِكْرَامِ، يَا بَدِيعَ السَّمَوَاتِ وَالأَرْضِ))(5) މާނައީ: ”އޭ ދިރިދެމިވޮޑިގެންވާ، ޤާއިމުވެވޮޑިގެންވާ ރަސްކަލާކޮ! އޭ ކީރިތިވަންތަކަމާއި މާތްވަންތަކަމުގެ ވެރި ރަސްކަލާކޮ! އޭ އިސްވެދިޔަ މިސާލަކާއިނުލައި އުޑުތަކާއި ބިންތައް ހެއްދެވި ރަސްކަލާކޮ!“ އަދިވެސް ޙަދީޘްގައި ވެއެވެ. ((بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ))(6) މާނައީ: ”ﷲގެ އިސްމުފުޅުން ފަށަމެވެ. އެކަލާނގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“ އަދިވެސް ޙަދީޘްގައި ވެއެވެ. ((اللَّهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ فَاطِرَ السَّمَوَاتِ وَالأَرْضِ رَبَّ كُلِّ شَيْءٍ وَمَلِيكَهُ))(7) މާނައީ: ”އޭ ޣައިބުގައިވާ ކަންތައްތަކާއި ފެންނަހާ ކަންތައްތައް ދެނެވޮޑިގެންވާ، އަދި އުޑުތަކާއި ބިން ނެތުމުގެތެރެއިން ހެއްދެވި، އަދި ހުރިހާ އެއްޗެއްގެ ވެރި އަދި އެތަކެތީގެ މިލްކުވެރި ﷲ!“ އަދިވެސް ޙަދީޘްގައި ވެއެވެ. ((اللَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ رَبَّنَا وَرَبَّ كُلِّ شَىْءٍ فَالِقَ الْحَبِّ وَالنَّوَى، وَمُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالْقُرْآنِ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَىْءٍ أَنْتَ آخِذٌ بِنَاصِيَتِهِ، أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَىْءٌ، وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَىْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَىْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَىْءٌ))(8) މާނައީ: ”އޭ ހައްދަވާ ބޮޑުކުރައްވާ، އުޑުތަކާއި، ބިމާއި، އަދި މަތިވެރި ޢަރުޝީގެ ވެރި ރަސްކަލާކޮ! އޭ އަޅަމެންގެ ވެރި އަދި އެންމެހާ އެއްޗެއްގެ ވެރި ރަސްކަލާކޮ! އޮށާއި އޮއްޓަރުން ގަސްފަޅުއްވާ ރަސްކަލާކޮ! އަދި ތައުރާތާއި، އިންޖީލާއި، ޤުރުއާން ބާވާލެއްވި ރަސްކަލާކޮ! އިބަﷲގެ ކުޅަދުންވަންތަކަމުގެ ދަށުގައިވާ އެންމެހާ އެއްޗެއްގެ ނުބައިކަމުން މިއަޅާ ރައްކާތެރިކޮށްދެއްވުމަށް އިބަރަސްކަލާނގެއަށް އެދި ދަންނަވަމެވެ. އިބަރަސްކަލާނގެއީ އެންމެ ފުރަތަމަ ވޮޑިގެންވީ ފަރާތެވެ. ފަހެ، އިބަރަސްކަލާނގެއަށްވުރެ ކުރިން އެއްވެސް އެއްޗެއް ނުވެއެވެ. އަދި އިބަރަސްކަލާނގެއީ އެންމެފަހުން ވޮޑިގެންވާނެ ފަރާތެވެ. ފަހެ، އިބަރަސްކަލާނގެއަށްވުރެ ފަހުން އެއްވެސްއެއްޗެއް ނުވާނެއެވެ. އަދި އިބަރަސްކަލާނގެއީ އެންމެހާ އެއްޗެއްގެ މައްޗަށް ވެރިވެވޮޑިގެންވާ ފަރާތެވެ. އިބަރަސްކަލާނގެ މަތިން އެއްވެސް އެއްޗެއް ނުވެއެވެ. އަދި އިބަރަސްކަލާނގެއީ ވަންހަނާވެވޮޑިގެންވާ ފަރާތެވެ. އިބަރަސްކަލާނގެ ފަހަތްޕުޅުގައި (އިބަރަސްކަލާނގެއަށްވުރެ ބޮޑަށް) ފޮރުވިފައިވާ އެއްވެސް އެއްޗެއް ނުވެއެވެ.“ އަދިވެސް ޙަދީޘްގައި ވެއެވެ. ((اللَّهُمَّ لَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ))(9) މާނައީ: ”ޔާ ﷲ! އެންމެހާ ޙަމްދެއްވަނީ އިބައިލާހަށެވެ. އިބައިލާހީ އުޑުތަކާއި، ބިމާއި، އަދި އެ ދެ ތަނުގައިވާ އެންމެހާ މަޚްލޫޤުތަކުގެ ނޫރެވެ. އަދި އެންމެހާ ޙަމްދެއްވަނީ އިބައިލާހަށެވެ. އިބައިލާހީ އުޑުތަކާއި، ބިމާއި، އަދި އެ ދެ ތަނުގައިވާ އެންމާ މަޚްލޫޤުތަކުގެ މައްޗަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ.“ އަދިވެސް ޙަދީޘްގައި ވެއެވެ. ((اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللهُ، لَا إِلَـٰهَ إِلَّا أَنْتَ، الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ، وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ))(10) މާނައީ: ”ޔާ ﷲ! ހަމަކަށަވަރުން އިބައިލާހީ ﷲ ކަމުގައި ތިމަން ހެކިވަމެވެ. އިބައިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެންއެއްވެސް އިލާހެއް ނުވެއެވެ. އިބައިލާހީ، އެއްކައުވަންތަ، އެންމެހާ ތަކެތި އިބައިލާހަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް އިބައިލާހު ބޭނުންވެވޮޑިގެންނުވާ އިލާހެވެ. އެކަލާނގެއީ، އެކަލާނގެއަށް އެއްވެސް އެއްޗެއް އުފަންވެގެން ނުވާ، އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެން ނުވާ އިލާހެވެ. އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެއެވެ. (އިބައިލާހުގެ މި އެންމެހާ ޞިފަފުޅުތަކުގެ) ބަރަކާތުން އިބައިލާހަށް މިއަޅާ އެދި ދަންނަވަމެވެ.“ އަދިވެސް ޙަދީޘްގައި ވެއެވެ. ((يَا مُقَلِّبَ الْقُلُوبِ، ثَبِّتْ قَلْبِي عَلَى دِينِكَ))(11) މާނައީ: ”އޭ ހިތްތައް ފުރޮޅުއްވާ އިލާހެވެ! މިއަޅާގެ ހިތް އިބައިލާހުގެ ދީނުގައި ސާބިތުކޮށްދެއްވާނދޭވެ.“ މިފަދަ އެތައް ޙަދީޘެކެވެ.

ސ55: ”الأَسْمَاءُ الْحُسْنَى“ އިން ދަލީލުކުރަނީ ކިތައް ވައްތަރަށް ހެއްޔެވެ؟

ޖ: ”الأَسْمَاءُ الْحُسْنَى“ އިން ދަލީލުކުރަނީ ތިން ވައްތަރަށެވެ. އެއީ އެއިލާހުގެ ޛާތުފުޅަށް އެއިސްމުފުޅު ނިސްބަތްވެގެންވާކަން ދަލީލުކޮށްދޭ ދަލީލުކުރުމަށާއި، އެ އިސްމުފުޅުގައި ނެގޭ ޞިފަފުޅުން އެކަލާނގެއަށް ޞިފަ ލިބިވޮޑިގެންވާކަމަށް ދަލީލުކުރާ ދަލީލުކުރުމަށާއި، އެ އިސްމުފުޅުން ނެގޭ ޞިފަފުޅު ނޫން އެހެން ލާޒިމު ޞިފަފުޅުތަކަށް ދަލީލުކުރާ ދަލީލުކުރުމަށެވެ.


(1) (حسن) ، رواه أحمد (5 / 134) ، والترمذي (3364) ، ورواه عن أبي العالية مرسلا (3365) ، والحاكم (2 / 540) ، والبيهقي (في الأسماء والصفات / 354) ، وابن أبي عاصم (1 / 298).

(2) رواه البخاري (2736، 7392) .

(3) (صحيح) ، رواه أحمد (1 / 391، 452) ، وابن حبان (968) ، والحاكم (1 / 509) ، وأبو يعلى (5297) ، وقد عدد الشيخ الألباني طرقه في الصحيحة (199) وناقش ما دار حولها من خلاف ثم قال: وجملة القول أن الحديث صحيح من رواية.

(4) رواه البخاري (7431، 7426) ، ومسلم (الذكر / 83) .

(5) (صحيح) من حديث أنس ولفظه: ”. . بديع السماوات والأرض، يا ذا الجلال والإكرام، يا حي يا قيوم. . “ رواه أحمد (3 / 120، 158، 245) ، وأبو داود (1495) ، والنسائي (3 / 52) ، وسكت عنه الإمام أبو داود، وقد صححه الشيخ الألباني ورواه الحاكم (1 / 504) وقال: هذا حديث صحيح على شرط مسلم، ولم يخرجاه ووافقه الذهبي.

(6) (صحيح)  من حديث عثمان بن عفان رضي الله عنه، رواه أحمد (1 / 62، 66، 72) ، وأبو داود (5088) ، والترمذي (3388) ، وابن ماجه (3869)، وقد صححه الشيخ الألباني.

(7) (صحيح) من حديث أبي هريرة وعبد الله بن عمرو. رواه أحمد (1 / 9، 10، 14، 2 / 196، 297) ، وأبو داود [5067] ، والترمذي [3529] ، والدارمي [6292] ، والحاكم [1 / 513] ، وقد صححه الألباني.

(8) رواه مسلم (الذكر 61، 62، 63) ، وأحمد (2 / 381، 404، 536).

(9) رواه البخاري (1120، 6317) ، ومسلم (مسافرين / 199).

(10) (صحيح) رواه ابن ماجه (3857) ، والترمذي (3475) ، وأحمد (5 / 349، 350، 360) من حديث بريدة الأسلمي، ورواه الحاكم (1 / 267) ، والنسائي (1301) من حديث محجن بن الأدرع، وقد صححه الألباني.

(11) (صحيح) ، رواه الترمذي (3522) ، وأحمد (6 / 294، 315) من حديث أم سلمة، ورواه أحمد (4 / 182) من حديث نواس بن سمعان، ورواه الحاكم (2 / 288) من حديث جابر بن عبد الله، ورواه أحمد أيضا (6 / 91، 251) من حديث عائشة رضي الله عنها، ورواه الترمذي أيضا (2140) من حديث أنس بن مالك.

 808 total views