މިއަހަރުގެ ރަމަޟާންމަހު ސަލަފުގެ ފަރާތުން ސުކޫލުކުދިންނަށް ޚާއްޞަ ކުއިޒެއްބާއްވަނީ


1441 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހު ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސުކޫލުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުއިޒެއް ބޭއްވުމަށް ނިންމައިފިއެވެ

”ޑޯން ޓު ޑަސްޓް“ ގެ ނަމުގައި ކުރިޔަންގެންދާ މި ކުއިޒު ކުރިއަށްދާނީ އިނގެރޭސިބަހުންކަމަށް ކުއިޒުގެ ކޯޑިނޭޓަރ، ޖަމްޢިއްޔަތުއްސަލަފުގެ ހިންގާކޮމެޓީގެ މެމްބަރ މުޙައްމަދު ޝުޖާޢު ވިދާޅުވިއެވެ.

“ މިއީ އިގޭރޭސިބަހުން ކުރިއަށްގެންދާ ކުއިޒެއް. މިކުއިޒުގައި ބައިވެރިވެވޭނީ ގުރޭޑް 6ކުން ފެށިގެން މަތީ ގުރޭޑުތަކުގެ ދަރިވަރުންނަށް. މި ކުއިޒުގައި ކޮންމެ ފަސްދުވަހަކުން ޖެހޭނީ އަޅުގަނޑުމެން ކަނޑައަޅާފައިވާ އާޓިކަލްއެއް ކިޔަން. ކިޔާފައި ލިޔުމުގައި ގައި ހުރި މަޢުލޫމާތު ތަކުން ފަސް ސުވާލު ކުރާނެ . އެ ސުވާލުތަކަށް ޖަވާބު ދޭންޖެހޭނީ. ސުވާލުތައް ހުންނާނީ އެމް.ސީ.ކިޔު ފޯރމެޓަށް ގޫގުލް ފޯމެއްގައި“ ޝުޖާޢު އިތުރަށް ވިދާޅުވިއެވެ.

މި ރަމަޟާންމަހުގެ ކޮންމެ ފަސް ދުވަހަކުން ޖަމްޢިއްޔަތުއް ސަލަފުގެ ފޭސްބުކް ޕޭޖަށް އަދި ސައިޓަށް އަޕްލޯޑްކުރާ ދީނީއެކިއެކި މައުޟޫތަކާއި ގުޅޭ ލިޔުންތައް ކިޔުމަށްފަހު ސުވާލު ޖަވާބުދީގެން ކުރިއަށްދާ މިކުއިޒުގައި ވަނަތައް ހޮވާ އިނާމުދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް އަންނަ ދަރިވަރަކަށް 1500 ރުފިޔާ ދެވަނައަށް އަންނަ ދަރިވަރަކަށް 1000 ރުފިޔާ އަދި ތިންވަނައަށް އަންނަ ދަރިވަރަކަށް 500 ރުފިޔާގެ ފައިސާގެ އިނާމު ސަލަފުގެ ފަރާތުން ދޭގޮތަށްވަނީ ކަނޑައެޅިފައެވެ.

“ މި އިނާމު އަޅުގަނޑުމެން ޙަވާލުކުރާނީ އެދަރިވަރުންގެ ބެލެނިވެރިޔާއަށް. ވީމާ ކުއިޒުގައި ސުވާލުތަކަށް ޖަވާބުދޭއިރު ދަރިވަރުގެ ނަމުގެ އިތުރުން ބެލެނިވެރިޔާގެ ނަމާއި ފޯނު ނަންބަރު ޖަހަށްޖެހޭނެ. ގުރޭޑް 12 ކިޔަވާކުދިންވެސް ހަމަ މިއުޞޫލުން ޢަމަލުކުރަންވާނީ.“ ޝުޖާޢު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުވެސް ކޮންމެ ރަމަޟާން މަހަކު ސަލަފުން ގެނެސްދޭ ”ސަލަފު ރަމަޟާން ކުއިޒު“ 1441 ކުރީ އަހަރުތަކޭ އެއްގޮތަށް ހަމަ ކުރިއަށްދާނެކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

 416 total views