މިރޭ 9:00 ގައި”ސާރާގެ ޙަޔާތުން“

3 ޖުލައި 2020 ވާ ހުކުރު ދުވަހުގެ ރޭގަނޑު (މިރޭ) 9 ޖަހާއިރު ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން ޚާއްޞަ ދަރުހެއް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

”ސާރާގެ ޙަޔާތުން“ މިނަމުގައި ކުރިޔަށްގެންދާ މި ދަރުސް ހުށައަޅައިދެއްވާނީ ސަލަފުގެ ޢިލްމުވެރިންގެ މަޖްލީސްގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހިމެވެ.

“ މިއީ ޙަޤީޤީ ޙާދިޘާއެއްގެ މައްޗަށް އަލިއަޅުވާލާ ކުރިއަށް ގެންދާ ދަރުހެއް، ވަރަށް ތަފާތުގޮތަކަށް އެކި މަޢޫލޫމާތުތައް ހިމަނައިގެން ގެންދާނީ. އިންޝާﷲ. “ ދަރުސްއާއި ބެހޭ ގޮތުން އިތުރަށް މަޢުލޫމާތު ދެއްވަމުން ދަރުސް އިންތިޒާމުކުރުމުގައި ޙަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވިއެވެ.

މި ދަރުސް ގެނެސްދޭނީ ސަލަފުގެ ފޭސްބުކު ޕޭޖުންނާއި ޔޫޓިއުބު ޗެނަލުންނެވެ. 

 4,948 total views