ދަރުސް: ނަބިއްޔާ ﷺ ގެ ޙައްޖު ދަތުރުފުޅު

އަޅުގަނޑުމެންނާއި މިވަނީ 1441 ވަނަ އަހަރުގެ މަތިވެރިވެގެންވާ ޙައްޖުމަހާއި ކުރިމަތިވެފައެވެ. އަދި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔެމަތީގައިވާ އެންމެ މާތް ދުވަސްތަކެވެ. ކުރިޔަށް އޮތް އަށްދުވަހަށް އަމާޒުކޮށް ”“ ނަބިއްޔާ-صلى الله علية وسلم – ގެ ޙައްޖު ދަތުރުފުޅު“ މި މަވްޟޫޢަށް ޚާއްޞަ ދަރުސް ސިލްސިލާއެއް ކުރިޔަށް ގެންދަށް ޖަމްޢިއްޔަތުއްސަލަފުށް ނިންމައިފިއެވެ.

“ މި ސިލްސިލާއަކީ މި އަހަރުގެ ބަރަކާތްތެރި ޙައްޖުމަހުގެ އެންމެ މާތްދުވަސްތަކުގައި ކައުއިތުރު ނަބިއްޔާ- صلى الله علية وسلم- ގެ މަތިވެރި ޙައްޖު ދަތުރުފުޅު އަޅުގަނޑުމެން ދެނެގަތުމަށް ބާއްވާ ދަރުސްތަކެއް. އެހެން އަހަރު ތަކާއި ޚިލާފަށް މި އަހަރު ޙައްޖަށް އަޅުގަނޑުމެންނަށް ނެތް ދެވޭކަށް . އެހެންވީމާ މި ސިލްސިލާއިން ޙައްޖާއި ބެހޭ އެތަށް ހަނދާންތަކާއި އަދި ފައިދާހުރި މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަނީ . އެގޮތުން އެކަލޭގެފާނު ޙައްޖަށް، މީގެ 1400 އަހަރު ކުރިން ނުކުންނެވި ގޮތާއި އެ ދަތުރުފުޅު ކުރެއްވި ވަގުތާއި މަޑު ކުރެއްވި ތަންތަނުގެ މަޢުލޫމާތުގެ އިތުރުން ޙައްޖު ކުރެއްވި ގޮތާއި އެ ޢަމަލުފުޅުތަކުން ލިބޭ ފިޤްހީ ފައިދާތަކަށްވެސް އަލި އަޅުވާލާނެ އިންޝާﷲ“ ދަރުސް ސިލްސިލާ އާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ސަލަފުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި އަހަރުގެ ޛުލްޙިއްޖާ މަހުގެ 1 ން 8 ކަށް (22-29 ޖުލައި 2020) ކޮންމެ ރެއަކު ރޭގަނޑު 9:00 އިން 9:30 އަށް ކުރިއަށް ދާ މި ސިލްސިލާގައި ވާހަކަފުޅު ދައްކަވާނީ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އައްޝައިޚް ޢަބްދުއްސަލާމް ދާވޫދެވެ. މި ސިލްސިލާވެސް އޮންލައިނުކޮށް ކުރިއަށް ގެންދާއިރު ސަލަފުގެ ފޭސްބުކު ޕޭޖުން ލައިވުކުރާނެއެވެ.

މި ސިލްސިލާގެ ފުރަތަމަ ދަރުސް މިރޭ 9:00 ގައި އިންޝާﷲ އޮންނާނެއެވެ.

 8,285 total views