އުތެމަ ޖަމްޢިއްޔާގެ ރިޕޯޓްތައް ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމަށް ދިވެހިރާއްޖޭގެ 30 މަދަނީ ޖަމްޢިއްޔާ އަކުން ގޮވާލައިފި

ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ޖަމްޢިއްޔާއެއް ކަމަށްވާ ”އުތަމަ“ އިން އދ. ގެ އެކިއެކި އެޖެންސީ ތަކަށް ހުށައެޅުމަށް ތައްޔާރުކޮށްފައިވާ ދެ ރިޕޯޓެއްގައި އިސްލާމްދީނުގެ އަޞްލުތަކާއި ޚިލާފު ވާހަކަ ތަކެއް އެކުލެވޭތީ އެ ޖަމްޢިއްޔާގެ އެ ރިޕޯޓުތައް ތަޙްޤީޤު ކުރުމަށް ގޮވާލައި ރާއްޖޭގެ 30 މަދަނީ ޖަމްޢިއްޔާއަކުން ބަޔާނެއް ނެރެފިއެވެ.

ޖަމްޢިއްޔަތުއްސަލަފުވެސް ހިމެނޭގޮތަށް މިއަދު ހަވީރު އެޖަމްޢިއްޔާތަކުގެ ފޭސްބުކު ޕޭޖުތަކުން އާއްމުކޮށްފައިވާ ބަޔާނުގައި ”އުތެމަ“ އިން ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާ ރިޕޯޓުގައި 19 ޑިސެމްބަރ 2019 ގައި ދީނާ ޚިލާފު ރިޕޯޓެއް ނެރެގެން އުވާލާފައިވާ ”އެމް.ޑީ.އެން“ގެ ރިޕޯޓު ބަލައިގަނެ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ދީނާ ޚިލާފު ކަންތައްތައް ބަލައިގަތުމަށް ގޮވާލާފައިވުމީ ނުރައްކާތެރި ކަމެއްކަމުގައި ފާހަގަކޮށްފައިވެއެވެ. 

“ އަދި މީގެ އިތުރުން މި އަހަރުގެ ނޮވެމްބަރ މަހު އ.ދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އިދާރާއިން ބާއްވާ ”ޔޫ.ޕީ.އާރު“ގެ 36 ވަނަ ބައްދަލުވުމަށް ހުށަހެޅުމަށް އުތެމަ އާއި އެމް.ޑީ.އެން އަދި ފުރާންސްގެ ”އެފް.އައި.ޑީ.އެޗް(އިންޓަނޭޝަނަލް ފެޑެރޭޝަން ފޮރ ހިޔުމަން ރައިޓްސް)“ ކިޔާ މަދަނީ ޖަމްޢިއްޔާއެއް ގުޅިގެން 03 އޮކްޓޯބަރ 2019 ގައި ތައްޔާރުކޮށްފައިވާ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާއި ބެހޭ ރިޕޯޓުގައިވަނީ ދިވެހިރާއްޖޭގައި ފައްޅި އެޅުމަށާއި ޣައިރު ދީންތަކަށް ފުރުޞަތު ދިނުމަށް ގޮވާލާފައެވެ. އަދި ޒިނޭކުރުމުގެ ޙައްދު ޤާނޫނީ ޢުޤޫބާތުން އުނިކުރުމަށާއި ކުށްތަކަށް މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުމަށް ގޮވާލައި އިސްލާމްދީނުގެ ޙައްދުތަކަށްވަނީ ފާޅުގައި އިންކާރުކޮށްފައެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގައި ”ޖިންސީ ގުޅުންތައް“ އެއްވެސް ހުރަހެއް ނެތި ހިންގުމާއި އެފަދަ ކަންތައްތައް ކުރާ މީހުންނަށް ޤާނޫނީ ރައްކާތެރިކަން ދިނުމަށްވެސްވަނީ ގޮވާލާފައެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވައިދުތަކަށް ގޮންޖަހާ ދިވެހި ދަޢުލަތުގެ ހަމައެކަނި ދީންކަމަށްވާ އިސްލާމްދީނަށް ކޮށްފައިވާ ފުރައްސާރައެއްކަމަށް އަޅުގަނޑުމެން ދެކެމެވެ. އަދި މިފަދަ ޢަމަލުތައް މިފަސްގަނޑުގައި ހިންގިގެން ވާނެކަމަށް އަޅުގަނޑުމެން ނުދެކެމެވެ. އަދި މިގޮތަށް ތަކުރާރުކޮށް އެކި ފާޑުފާޑު ރިޕޯޓުތަކުގެ ނަމުގައި އިސްލާމްދީނާއި  އެދީނުގެ ޙުކުމްތަކަށް ފާޑުކިޔުމަކީ މުޖުތަމަޢުގައި ނަފުރަތު އުފެއްދުމުގެ ޢަމަލެއް ކަމާއިމެދު އަޅުގަނޑުމެން ޝައްކެތް ނުކުރަމެވެ. “ އިތުރަށް އެބަޔާނުގައި ވެއެވެ. 

ތިރީގައި މިވަނީ ބަޔާން ނެރުނު ޖަމްޢިއްޔާތަކުގެ ނަމާއި ބަޔާނުގެ ޕީ.ޑީ.އެފް ކޮޕީއެއްގެ ލިންކެވެ.

ބަޔާން ނެރުނު ޖަމްޢިއްޔާތައް

1. އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނެސް (އަސާ) / ހއ. އުލިގަމު16. ޔޫނިއަން ސްޕޯރޓްސް ކްލަބު / އއ. މަތިވެރި
2. ޖަމްޢިއްޔަތު ރިސާލާ / ހދ. ނޮޅިވަރަން17. ޖަމްޢިއްޔަތުލް ޤަލަމް / އދ. ދަނގެތި
3. ކެތި އަރާ / ހދ. ހަނިމާދޫ18. ޒުވާނުންގެ ކްލަބު / އދ. ދަނގެތި
4. ސާއްބަ އެކުވެރި ކްލަބު / ހދ. ހަނިމާދޫ19. ޖަމްޢިއްޔަތުލް އަންވާރު / އދ. ދަނގެތި
5. ހޮޅުދޫ އިސްލާމިކް މޫވްމަންޓް / ނ. ހޮޅުދޫ20. ދަނގެތި މަސައްކަތްތެރިންގެ ޖަމްޢިއްޔާ / އދ. ދަނގެތި
6. ސްމާރޓް ސޮސައިޓީ / ނ. މަނަދޫ21. އަލްތަޛްކީރު / އދ. އޮމަދޫ
7. ނިދާއުލްއިސްލާމް / ނ. ފޮއްދޫ22. ހޭޅި ސްޕޯރޓްސް ކްލަބު / އދ. އޮމަދޫ
8. ޔުނައިޓެޑް ފޮރ މައި މީދޫ ޔޫތު ޑިވެލޮޕްމަންޓް (އުއްމީދު) / ރ. މީދޫ23. އަލް ބައްޔިނަ / އދ. މަހިބަދޫ
9. މީދޫ ޖަމްޢިއްޔަތުއްޞަލާޙް / ރ. މީދޫ24. ބިނާ ޖަމްޢިއްޔާ / ލ. މާވަށް
10. މީދޫ އެކުވެރި ކްލަބު / ރ. މީދޫ25. ޢިލްމު / ލ. ފޮނަދޫ
11. ލެންޓަރން / ރ. ހުޅުދުއްފާރު26. ޔުނީކް ސްޕޯރޓްސް ކްލަބު / ދ. ބަނޑިދޫ
12. މާސް އެމަލްގެމޭޝަން އެވެއަރނެސް އެންޑް ޑިވެލޮޕްމަންޓް (މާޑު އެސޯސިއޭޝަން) / ޅ. އޮޅުވެލިފުށި27. ބަނޑިދޫ އެސޯސިއޭޝަން ފޮރ ސޯސަލް އެމްޕަވަރމެންޓް (ބޭސް ފައުންޑޭޝަން) / ދ. ބަނޑިދޫ
13. ގެދަރިންގ އޮޅުވެލިފުށި އޯލް ލިންކިންގ ސޮސައިޓީ / ޅ. އޮޅުވެލިފުށި28. ދަނގެތި ޔޫތު ޑިވެލޮޕްމަންޓް / އދ. ދަނގެތި
14. ތުލުސްދޫ ޒުވާނުންގެ ރޫޙް / ކ. ތުލުސްދޫ29. ޢިލްމު ފައުންޑޭޝަން / މާލެ
15. ޖަމްޢިއްޔަތުލް މަދަދު / އއ. މަތިވެރި30. ޖަމްޢިއްޔަތު ސަލަފު / މާލެ

މި ޖުމުލައަށް ފިއްތަވާލެއްވުމުން ބަޔާން ޑައުންލޯޑު ކުރެވޭނެއެވެ.

 11,011 total views