އަޅުގަނޑުމެންގެ މާތް ނަބިއްޔާ ﷺ އަށް ފަރަންސޭސިވިލާތުން ފުރައްސާރަކޮށްފައިވާތީ އެކަން ކުށްވެރިކޮށް އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ މަދަނީ ޖަމްޢިއްޔާތަކުން ނެރޭ ބަޔާން

الحمد لله رب العالمين والصلاة والسلام على رسولنا الكريم محمد وعلى آله وأصحابه أجمعين. ثم أما بعد .

ޒަމާނުއްސުރެވެސް އިސްލާމްދީނުގެ ޢަދާވާތްތެރީން އަންނަނީ ކައުއިތުރު ނަބިއްޔާއަށް ތަފާތު ގޮތްގޮތުން ފުރައްސާރަކޮށް އެކަލޭގެފާނުގެ މަތިވެރި ޠާހިރު ޝަޙްޞިއްޔަތަށް ބޭއަދަބީ ބަސްތައް ރައްދުކުރަމުންނެވެ. މިއީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށްވެސް އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހުވެސް އެކާފަރުން ކުރަމުން އަންނަ ފިޑި ހުތުރު ޢަމަލެކެވެ. ސަބަބެއްކަމުގައި ވެފައިވަނީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ނަބިއްޔާ ގެންނެވި ޝަރީޢަތައްވުރެ މޮޅު ނިޒާމެއް ގެނައުމަށް ނުކުޅެދުމާއިއެކު އަދި އެކަލޭގެފާނުން ގެންނެވި ޝަރީޢަތް ދުވަހެއް ދުވަހަކަށް ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންގޮސް ދާދި ކުޑަމުއްދަތެއްގެތެރޭގައި މުޅިދުނިޔޭގައި އިސްލާމުން ވެރިކަން ކޮށް، އެމީހުންގެ ބާރާއި ނުފޫޒު ހިނގައިގަނެދާނެކަމުގެ ބިރަށްޓަކައި، ޙަސަދަވެރިކަމާ ބޮޑާކަމުގެ ތެރެއިން ޢަދާވާތްތެރީން މިވަނީ އެކަލޭގެފާނާ  ދާވާލައިފައެވެ. މާތް ﷲ ވަނީ އެކަލޭގެފާނުގެ ޤަދަރާއި މަޤާމް މަތިވެރި ކުރައްވާފައިކަމުގައި އެކަލާނގެ އެންމެފަހުގެ ޝަރީޢަތް ބާވައިލެއްވި ޤުރްއާނުގައި އިޢުލާންކުރައްވާފައެވެ. އެހެންކަމުން މާތް ނަބިއްޔާގެ އަބުރުފުޅަށް އަރައި، ފުރައްސާރަކުރި ކޮންމެ ފަހަރަކުމެ، އިހުނަށްވުރެ އެކަލޭގެފާނުންގެ ނަންފުޅު ދުނިޔޭގައި މަތިވެރިވެ، އިސްލާމްދީން ޢިއްޒަތްތެރިވެގެން ގޮސްފައި ވެއެވެ.

މިއަދުވެސް އެކަން ހިނގަމުންދަނީ ހަމަ އެމަގަށެވެ. އިއްޔެގެ އަބޫޖަހުލުމެން ފަދައިން މިއަދުވެސް ދުނިޔޭގައި ތިބި އެންމެ ބޮޑެތި ކުފުރުގެ ލީޑަރުން ވެސް އިޚްތިޔާރުކޮށްފައި އެވަނީ ކައުނަބިއްޔާއަށް ފުރައްސާރަކޮށްގެން އިސްލާމްދީނާއި ދީނުގެ އަހުލުވެރީންނަށް އިހާނެތިކޮށް ނިކަމެތިކޮށްލެވިދާނެކަމުގެ ބޯދާ ވިސްނުމެވެ. އެހެންކަމުން ދީނާއި ދަޢުލަތް ވަކިކޮށް، ލާދީނީ ސަރުކާރެއް އެންމެކުރީގައި ޤާއިމުކުރި ފަރަންސޭސިވިލާތުގެ މިހާރުގެ ރައީސް ވަނީ މިދާކަށް ދުވަހު އަނެއްކާވެސް ކައުއިތުރު ނަބިއްޔާއަށް ނިސްބަތްކޮށް ކުރަހާފައިވާ ކާރޓޫނުތަކެއް އެޤައުމުގެ ސަރުކާރުގެ އޮފީސްތަކުގައި ބޮޑު ސްކުރީނުން އަޅުވާފައެވެ. އަދި އިސްލާމްދީނާމެދު ނަފްރަތްތެރިކަން ފެތުރުމަކީ ޚިޔާލު ފާޅުކުރުންކަމަށް މިކަލޭގެ ވަނީ ތަކުރާރުކޮށް ޞިފަކޮށްފައެވެ.

މިފަދަ ކޮންމެ ކަމަކީ ހައްދުފަހަނަޅާފައިވާ މިކާފަރުން، ޑިމްކޮރެސީ އާއި އިންސާނީޙައްޤުގެ ނަމުގައި ފަތުރާ ޝިޢާރުތަކުގެ އަނެއްފަރާތުގައިވާ ނަފްރަތާއި ގަދަކަމުން މީސްތަކުން އަޅުވެތިކުރުމުގެ މަކަރުވެރި މަސައްކަތް ބޭޒާރުވެ، ހާމަކޮށްދޭ ކަމެވެ. އެހެންކަމުން ކާފަރު ވިލާތުގެ ޤައުމުތަކުން ހިންގާ މިފަދަ ޖަރީމާތަކާއި މެދު އަދުގެ މުސްލިމުން ހޭލައި، މުސްލިމް މުޖްތަމަޢުތަކަށް އެކަންކަން ވެރިވެގަތުމުގެ ކުރީން ހުޝިއާރުވެ ތިބުމަށް އަޅުގަނޑުމެން ދިވެހި ލޮބުވެތި މުޥާޠިނުންނަށް ހަދުމަކޮށްދީ ޚަބަރުދާރު ކުރުވަމެވެ!!

ދަންނައެވެ. އެކަލޭގެފާނު ދެކެ ލޯބިވުމަކީ އީމާންކަން ޞައްޙަވުމުގެ ޝަރުޠެކެވެ. ﷲ ގެ ނަބިއްޔާ ﷺ ޙަދީޘުކުރައްވާފައި ވެއެވެ. ”لَا يُؤْمِنُ أحَدُكُمْ، حتَّى أكُونَ أحَبَّ إلَيْهِ مِن والِدِهِ ووَلَدِهِ والنَّاسِ أجْمَعِينَ. ( صحيح البخاري) މާނައީ: ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ގާތުގައި ތިމަންކަލޭގެފާނަކީ އެމީހެއްގެ ބައްޕައާއި ދަރިފުޅާއި އަދި އެންމެހައި މީސްތަކުންނަށްވުރެ ލޮބުވެތިވެގެންވާ ފަރާތެއްކަމަށް ވެއްޖައުމަށްދާންދެން ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އީމާންވީކަމަށްނުވެއެވެ.“ ތިމާ ލޯބިވާމީހާއަށް އެހެން މީހަކު ފުރައްސާރަކުރުމަކީ އިންސާނާގެ ފިޠުރަތާއި ބުއްދި ޤަބޫލުކުރާ ހަމައަކަށްނުވާއިރު، އެންމެ ފުރިހަމަ ލާމަސީލު އިންސާނާ ﷲގެ ކައުނަބިއްޔާއަށް މިއަދު ފަރަންސޭސިވިލާތުގެ ސަރުކާރުން ކޮށްފައިވާ ލާއިންސާނީ ލާދީނީ ޢަމަލު ކުށްވެރިކުރުމަކީ އަޅުގަނޑުމެންގެ އިމާންކަށް ލާޒިމުކުރާ ކަމެކެވެ. އެއީ އެއްވެސް ޙާލެއްގައި އެކަލޭގެފާނުގެ އަބުރުފުޅަށް  އެކާފަރުންގެ ފުރައްސާރައިގެސަބަބުން ގެއްލުމެއްވެދާނެތީއެއް ނޫނެވެ. އެމީހުން ހުއްޓާނުލައި ފުރައްސާރަކުރިއަސް އެކަލޭގެފާނުގެ މަތިވެރިކަމާ މަޤާމަށް އަންނާނޭ ކުޑަވެސް ކިލަނބުކަމެއް ނުމެއޮންނާނެއެވެ. އަދި ކިއެއްތަ އެފަދަކޮންމެ ޢަމަލަކުންވެސް، އެކަލޭގެފާނަށް މުސްލިމުން ކުރާ އިޙްތިރާމާއި ލޯބި ދާނީ ހައްތަހާ ގަދަވަމުން އިތުރުވަމުންނެވެ. ކާފަރުންތައް ޖެހޭނީ އެރުޅީގައި ފަޅައިގެންގޮސް މަރުވެ ސުންނާފަތިވާށެވެ!. އެކަލޭގެފާނަށް ފުރައްސާރަކުރާ ގޮތެއް ފޮތެއްނެތް ހައްދުފަހަނަޅާފައިވާ ކާފިރުންގެ ކިބައިން، ﷲތަޢާލާ ވަނީ އެކަލޭގެފާނު ސަލާމަތްކުރައްވާނެކަމުގެ ވަޢުދުވެ ވޮޑިގަންނަވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. إِنَّا كَفَيْنَاكَ الْمُسْتَهْزِئِين   މާނައީ: ހަމަކަށަވަރުން، ކަލޭގެފާނަށް ފުރައްސާރަކުރާމީހުންގެ ނުބައިކަމުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފުއްދަވާދެއްވާހުށީމެވެ!“

ކަންމިހެންއޮތްނަމަވެސް، އެކަލޭގެފާނަށް ފުރައްސާރަކުރެވޭ ހިނދު އެކަލޭގެފާނުގެ ދިފާޢުގައި އަޑު ނޫފުލައި ކަހާތަން ހިރުވާވެސްނުލާ ތިބުމީ މުސްލިމުންކަމަށް ދަޢުވާކޮށްގެ ތިބެމެ، އެދަޢުވާގައި ތެދުވެރިކަމެއް ނެތްކަމުގެ ސާފުހެތްކެކެވެ. ﷲތަޢާލާ ވަހީކުރައްވާފައިވެއެވެ. إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّـهُ މާނައީ: ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް އެވަނީ نصر ދެއްވަވާފައެވެ.“

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ! އިއްޔެ މައްކާގެ މީސްތަކުން އެކަލޭގެފާނު އެރަށުން ނެރެލައި، ނަޞްރުނުދީ ދޫކޮށްލިނަމަވެސް، މަދީނާގެ އަހުލުވެރިން މެދުވެރިކޮށް އެކަލޭގެފާނަށް ﷲ ތަޢާލާ ނަޞްރުދެއްވި ފަދައިން، މިއަދު އަޅުގަނޑުމެން އެކަލޭގެފާނަށް ނަޞްރުވެރިނުވެ، އެކަލޭގެފާނަށް ކުރެވެމުންދާ ފުރައްސާރަތަކަށް އިންކާރުނުކޮށް އެފަދަ ޢަމަލުތައް ކުރާ ޤައުމުތަކަށް ސަޕޯޓުކޮށް އެމީހުންގެ ތަކެތި ގަނެވިއްކައިގެން އެމީހުންގެ ވިޔަފާރިތަކަށް މާއްދީގޮތުންނާ މަޢުނަވީގޮތުން އެހީވާބައެއްގެ ގޮތުގައި ތިބެއްޖެނަމަ, ﷲތަޢާލާ އެކަލާނގެ ރަސޫލާއަށް ނަޞްރުދޭނޭ އެހެންބައެއް ދުނިޔެއަށް ގެންނަވާނެކަން ކަށަވަރެވެ. އެހާރުން އަޅުގަނޑުމެންނަށްވުރެ ވަކީން ބަދު ނަސީބުވެރި ބަޔަކު ނުތިބޭނެތެވެ! އެހެންކަމުން ފަރަންސޭސިވިލާތް ނުވަތަ ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއް ނެތް ނާތަހުޒީބު އެ ޢަމަލު ކުށްވެރިކުރުމަށް  އަޅުގަނޑުމެން އަވަސްވެ ގަންނަންޖެހެއެވެ. އަދި އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓުކޮށް، އެޤައުމުން އެ ޢަމަލުތައް ހުއްޓާލައި، މުސްލިމުންގެ ކިބައިން މާޢާފަށް އެދެފުމަށްދާންދެން އެމީހުންނާއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް އަޅުގަނޑުމެން މި ގޮވާލަނީ ދިވެހި ހުރިހާ މުސްލިމުންގެ ނަމުގައެވެ. އަދި މި ގޮވާލުމަށް ސަރުކާރުން އިޖާބަނުދިންނަމަވެސް ކޮންމެ ދިވެއްސަކުވެސް އަމިއްލަ ފަރުދީ ޒިންމާގެ ގޮތުން ފުރާންސުގެ އުފެއްދުންތައް އެކީ އެކަށް ބޮއިކޯޓު ކުރުމަށް ގޮވާލަމެވެ! އަދި އެކަމުގެ ނުރުހުމާއި އިންކާރުކޮށް އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާގެ ދިފާޢުގައި އަޅުގަނޑުމެންވެސް ކޮންމެވެސް ޙައިޘިއްޔަތަކުން ބައިވެރިވުމުގެ ނަޞީބު ލިބިގަތުމަށްވެސް އެންމެހާ އަޚުންނާ އުޚްތުންނަށް ހަނދުމަކޮށްއަރުވަމެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ތިބާއަކީ ކިތަންމެ ގިނަ ގޯސްކަންތައްތަކެއް ކުރެވޭ، އަދި ބައިވަރު ފާފަފަތަކެއްކުރެވެމުންދާ ފަރާތަކަށް ވިޔަސް ތިޔަ ހިތުގައި ކީރިތި ރަސޫލާއަށްވާ ލޯތްބަކީ އޭގައި ޙަޤީޤީ ރޫޙު ހުރި ލޯތްބެއްކަން ކަށަވަރެވެ. ވީމާ އެކަލޭގެފާނުގެ ދިފާޢުގައި ޝަރުޢީ ހަމަތަކާއި އިންތަކުގެ ތެރޭގައި ކުރެވުނު ކޮންމެ ކަމެއް ކުރުމަށް ވަޞިއްޔަތްކުރަމެވެ. ޢަބޫޠާލިބު ކާފަރެއްގެ ގޮތުގައި ހުރެ އެކަލޭގެފާނު ދިފާޢުކުރެއްވިއެވެ. ހަމައެފަދައިން ޙަމްޒަތުގެފާނު، ކާފަރެއްގެ ގޮތުގައިހުއްޓައި މުޙައްމަދުގެފާނަށް އަބޫޖަހުލު ފުރައްސާރަކުރި ޚަބަރު އަޑުއަހާފައި އަބޫޖަހުލަށް ރައްދު ދެއްވައި މިފަދައިން ދެންނެވިއެވެ. أتسب محمداً وانا علي دينه  ”މުޙައްމަދުގެފާނަށް ކަލޭގެ ފުރައްސާރަތިޔަ ކުރަނީ ތިމަންނާ އެކަލޭގެފާނުގެ ދީނުގެ މަތީގައި ހުއްޓާހެއްޔެވެ.؟ އާނއެކެވެ. މިކަން ވެގެން ދިޔައީ އެކަލޭގެފާނު އިސްލާމްވި ސަބަބުވެސް ކަމުގައެވެ.

ވީމާ މުސްލިމުން އެދީނެއްގެ މަތީގައި ތިބޭ އިސްލާމްދީނުގައި އެންމެ ފަރުދަކު ދުނިޔޭގައި ހުއްޓަސް، ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ﷲ ފޮނުއްވި މާތް ނަބިއްޔާއަށް ފުރައްސާރަކުރުމަށް ކާފަރުންނަށް ފުރުޞަތު ނުދޭށެވެ! ކޮންމެ މުސްލިމަކީ އެކަލޭގެފާނުގެ ލަޝްކަރުގެ ސްޕާ ހީރޯއެއްކަން ކަށަވަރެވެ!

29 އޮކްޓޯބަރ 2020

ބަޔާން ޑައުންލޯޑްކުރެއްވުމަށް މި ޖުމުލައަށް ފިއްތަވާލައްވާ!

 19,337 total views