ނަބިއްޔާ- صلى الله عليه وسلم- ގެ ދިފާޢުގައި 38 ޖަމްޢިއްޔާ ގުޅިގެން ބާއްވާ ޚާއްޞަ ދަރުސް މިރޭ

ކީރިތި މާތް ނަބިއްޔާ- صلى الله عليه وسلم- ގެ މަތިވެރި ސިޔަރަތު ފަތުރާ އެކަލޭގެފާނާއި މެދު ހޭލުންތެރިކަށް އިތުރުކޮށް އެކަލޭގެފާނުގެ ޢަދާވާތްތެރިންގެ ފުރައްސާރަތަކުން އެކަލޭގެފާނު ދިފާޢުކުރުމުގެ މަޤްޞަދުގައި ޖަމްޢިއްޔަތުއްސަލަފާއި ރާއްޖޭގެ އިތުރު 37 މަދަނީ ޖަމްޢިއްޔާއެއް ގުޅިގެން ޚާއްޞަ ދަރުސެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިރޭ 8:30 ގައި ޖަމްޢިއްޔާތަކުގެ ފޭސްބުކު ޕޭޖުން ގެނެސްދިނުމަށް ހަމަޖެހިފައިވާ މިދަރުސް ގައި ވާހަކަފުޅު ދައްކަވާނީ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އައްޝައިޚް ޢަބްދުއްސަލާމު ދާވޫދެވެ. 

“ މިދަރުސްގައި ނަބިއްޔާގެ ދިފާޢުގައި އިސްވެ ގޮސްފައިވާ އުއްމަތުގެ ޖީލުތަކުން ކޮށްފައިވާ ބައެއް ކަންތައްތަކާއި އެކަލޭގެފާނު ދެކެ ލޯބިމުމުގެ މަތިވެރިކަމަށް ވެސް އަޅިއަލުވާލާނެއެވެ.“ ދަރުސް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ ސަލަފުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިދަރުސް ޖަމްޢިއްޔާތަކުގެ ފޭސްބުކު ޕޭޖުއް ދުރަށް ވަގުތުން ފޮނުވާއިރު ބައެއް ރަށްރަށުގައި ދަރުސް ހޯލުތަކުގައި އެޅުވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

“ މިހާރުވެސް ބައެއް ރަށްރަށުގައި ދަނީ ރައްޔިތުން އެއްތަނަކަށް އެއްކޮށްފައި ކަމާއިބެހޭ ފަރާތްތަކުން މިޙާލަތުގައި އަޅާފައިވާ މިންގަނޑުގެ ތެރެއިން ގިނަ ބަޔަކަށް ދަރުސް ބެލޭނެ ގޮތް ހަނދަމުން. މި ދަރުސް ރޭވުމުގައި ހއ، އުލިގަމުން ފެށިގެން އައްޑޫ އަތޮޅުގެ ޖަމްޢިއްޔާތަށްވެސް ހިމެނެ. “ ސަލަފު ސައިޓާއި ވާހަކަ ދައްކަމުން ދަރުސްގެ އިންތިޒާމު ކޮމެޓީގެ ބޭފުޅަކު ވިދާޅު ވިއެވެ.

މިރޭ 8:30 ގައި އޮންނަ ދަރުސް ސަލަފުގެ ފޭސްބުކުވެސް ލައިވުކޮށް ދުރަށް ފޮނުވާނެއެވެ.

 36,514 total views