4 އިމާމުންގެ ޢަޤީދާ ދަރުސް ދެން އޮންނާނީ ގދ.ތިނަދޫގައި

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ’4 އިމާމުންގެ ޢަޤީދާ‘ ގެ ނަމުގައި ރާއްޖޭގެ ބައެއް ހިސާބުތަކުގައި ބޭއްވުމަށް ރާވާފައިވާ ދަރުސް ދެން އޮންނާނީ ގދ.ތިނަދޫގައިކަމަށް ސަލަފުން ހާމަކޮށްފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން މިކަން ހާމަކޮށްފައިވަނީ ޖަމްޢިއްޔަތުއްސަލަފާއި އައްޑޫސިޓީގައި ޙަރަކާތްތެރިވާ ނޫރުލް އިސްލާމް ޖަމްޢިއްޔާ އާއިގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި ’4 އިމާމުންގެ ޢަޤީދާ‘ ދަރުސްގައި ވަހަކަފުޅުދައްކަވަމުން އައްޝައިޚް މުޖްތަބާ ޙަމީދު އެވެ.

ސިލްސިލާކޮށް ދިނުމަށް ފަށާފައިވާ ’4 އިމާމުންގެ ޢަޤީދާ‘ މި ދަރުސްތަކަކީ އިސްލާމީ ޞައްޙަ ޢަޤީދާ ދިވެހިންނަށް ބަޔާންކޮށްދީ ޒަމާނުންސުރެ ދިވެހިން ތަބާވެގެންތިބި ސުންނަތްޖަމާޢަތުގެ ޢަޤީދާ އާއި ޚިލާފަށް ބާޠިލު ޢަޤީދާތައް އޭގެ އަސްލުއޮޅޭފަދަ ގޮތަކަށް ދިވެހި މުޖުތަމަޢުގައި ބައެއްފަރާތްތަކުން ފަތުރަމުންދާތީ އެކަމުން ދިވެހި މުޖުތަމަޢު ރައްކާތެރިކުރުމަށް ހިންގާ ޕްރޮގްރާމުތަކެކެވެ.

 1,532 total views