”ރޯދަ ސުވާލު މުބާރާތް 1438“ ގެ ނަތީޖާ ފާޅުކޮށްފި

މިއަހަރުގެ ރަމަޟާން މަހު، ޖަމްޢިއްޔަތުއްސަލަފް އާއި ދުވަސްނޫހާ ގުޅިގެން ކުރިއަށްގެންދިޔަ ”ރޯދަ ސުވާލު މުބާރާތް 1438“ ގެ ވަނަތަކަށް ހޮވިފައިވާ ފަރާތްތައް އިޢުލާން ކޮށްފިއެވެ. އިސްލާމްދީނުގެ އެކިއެކި ކަންކަމާއި ގުޅޭގޮތުން ސުވާލުތައް ހުށައެޅުނު މިމުބާރާތުގައި 29 ސުވާލު ހުށައެޅިފައިވެއެވެ. ދުވާލަކު ސުވާލެއް ހުށައެޅުނު މުބާރާތް ކުރިއަށް ގެންދެވިފައިވަނީ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުގައެވެ. މިއަހަރުގެ މުބާރާތުގައި އެހެން އަހަރުތަކާއި ޚިލާފަށް، ރަނގަޅު ޖަވާބުދެއްވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ ވައުޗަރ އެއް ބަނޫން ފިހާރައިން ދޫކުރެވިފައިވެއެވެ.

އެއްވަނައަށް ހޮވޭފަރާތަކަށް 3000 ރުފިޔާ ، ދެވަނައަށް 2000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާ ހުށައެޅިފައިވާ މިމުބާރާތުގެ އެއްވަނައަށް ހޮވިފައިވަނީ ފާޠިމަތު ޙުސައިން ، މަތިވައްގެ ، ޅ. ނައިފަރު، ދެވަނައަށް ހޮވިފައިވަނީ ނަޒީހާ ޔޫސުފް، ފަނާރު، ޅ. ނައިފަރު އަދި ތިންވަނައަށް ހޮވިފައިވަނީ ޙަސަން ޙުސައިން، އަކިރި، ޅ. ނައިފަރު އެވެ. މިތިން ފަރާތް ވަނަތަކަށް ހޮވިފައި މިވަނީ، ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބުދެއްވި 5 ފަރާތެއްގެ މެދުގައި ނެގުނު ގުރުއަތަކުންނެވެ.

މުބާރާތުގައި ބައިވެރިވެލެއްވި އެންމެހާ ފަރާތްތަކަށާ އަދި ޚާއްޞަކޮށް ވަނަތައް ޙާޞިލް ކުރެއްވި ފަރާތްތަކަށް ތަހުނިޔާ އާއި މުބާރަކްބާރީ ދަންނަވަން!

 1,696 total views