”ކަށުނަމާދު“ ދަރުސް މިއަދު ޢަޞްރުނަމާދަށް ފަހު ފުރުޤާން މިސްކިތުގައި

ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަށް އިތުރުކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ބާއްވާ އެކި ޙަރަކާތްތަކުގެ ތެރެއިން 11 މެއި 2018 (މިއަދު) ވާ ހުކުރު ދުވަހު ޢަޞްރުނަމާދަށް ފަހު މާލޭގެ ފުރުޤާން މުސްކިތުގައި ”ކަށުނަމާދު“ މި މަވްޟޫޢަށް އައްޝެއިޚް މުޙައްމަދު ނަޝީދު އާދަމުގެ ވަރަށް ޚާއްޞަ ދަރުހެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިދަރުހުގައި ކަށުނަމާދާ ގުޅޭ އެކިކަހަލަ ފިޤްޙީ މުހިއްމު މައްސަލަތަކަށް ޝެއިޚް ނަޝީދު އަލިއަޅުއްވާލާނެއެވެ.

ވިމާ މިދަރުހަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަކީ އަޅުގަނޑުމެންގެ ޖަމްޢިއްޔާގެ ވަރަށް ބޮޑުއެދުމެކެވެ. އަދި މިޚާއްޞަ ދަރުސް ޖަމްޢިއްޔަތުއްސަލަފުގެ ރަސްމީ ފޭސްބުކް ޕޭޗުން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައިވެއެވެ.

ސަލަފުގެ ފޭސްބުކު ޕޭޖު