’ޔާ ރަމަޟާން‘ ގެ ނަމުގައި މުޅިން އައު ޕްރޮގްރާމެއް

’ޔާ ރަމަޟާން‘ ގެ ނަމުގައި މުޅިން އައު ޕްރޮގްރާމެއް ޖަމްޢިއްޔަތުއްސަލަފުން ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.

މިފެށޭ ބަރަކާތްތެރި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ޖަމްޢިއްޔަތުއްސަލަފުގެ ސޯޝަލްމީޑިއާ މެދުވެރިކޮށް ޢާއްމުންނަށް ފެނިގެންދާނެ މި ޕްރޮގްރާމްގެ ދިގުމިނަކީ 1 މިނެޓް އެވެ. ކޮންމެ ދުވަހަކުވެސް ދީނީ ކޮންމެވެސް މައުޟޫއަކަށް އަލިއަޅުވާލައްވައި ކުރިއަށް ގެންދާ މި ސިލްސިލާ ޕްރޮގްރާމް ހުށައަޅުއްވައިދެއްވާނީ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު އެވެ.

ރަމަޟާން މަހަށް ޚާއްޟަކޮށްގެން ކުރިއަށްގެންދާ މިޕްރޮގްރާމަކީ ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯގައި ރެކޯޑުކޮށް ޢާއްމުންނަށް ގެނެސްދޭ ޕްރޮގްރާމުތަކުގެތެރެއިން ޕްރޮގްރާމެކެވެ.