”ރޯދައާއި ސުވާލު“ މިނަމުގައި، މިރޭ ޚާއްޞަ ލައިވް ޕްރޮގްރާމެއް، ފޭސްބުކް އަދި ޔޫޓިއުބް މެދުވެރިކޮށް ގެނެސްދެނީ

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހުގެ ކުރިން ރޯދައާއި އެމަހުގެ އެކި އެކި ކަންކަމާއި މެދު އާއްމުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ލިބިގެންދާފަދަ ޚާއްޞާ ފޭސްބުކް ލައިވް ޕޮރޮގްރާމެއް ޖަމްޢިއްޔަތުއްސަލަފުގެ ރަސްމީ ފޭސްބުކް  އަދި ޔޫޓިއުބް ޕޭޖު މެދުވެރިކޮށް ސަލަފު ސްޓޫޑިއޯއިން ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޚާއްޞާ ޕޮރޮގްރާމު އޮންނާނީ މިރޭ 8:30 ން 9:30 އަށެވެ. ޕޮރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާނީ ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އަދި ނައިބްރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީއެވެ.

މި ޕޮރޮގްރާމުގައި ސުވާލުކުރައްވަން ބޭނުންވާ ފަރާތްތަކުން މިހާރުންފެށިގެން ޕޮރޮގްރާމު ފެށެންދެން،  9965666 ނަންބަރަށް ސުވާލު މެސެޖްކުރައްވަމުން ގެންދެވުން އެދެމެވެ.

ޕޮރޮގްރާމް ހުށައަޅުންވާ ދެންވާނީ އަލްއަޚް ޢަލީ ރަމީޒެވެ.

 

ޖަމްޢިއްޔަތުއްސަލަފުގެ ރަސްމީ ފޭސްބުކް ފޭޖް

ޖަމްޢިއްޔަތުއްސަލަފްގެ ރަސްމީ ޔޫޓިއުބް ޗެނަލް

 604 total views