ރަމަޟާންމަހާއި ގުޅޭ ޚާއްޞަ ދަރުސްތަކެއް މިރޭ

1439 ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން އެމަހުގެ ރޯދަ އާއި މެދު ޢާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން މިރޭވެސް މާލޭގެ ހަތަރު މިސްކިތެއްގަ ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިރޭގެ ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ، ދަރުސްދެއްވާ ބޭފުޅުންނަކީ:

1- އައްޝައިޚް މުޙައްމަދު ޝާހިދު، ބަންޑާރަ މިސްކިތް

2- އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ، މަސްޖިދު ޢަފީފުއްދީން

3- އައްޝައިޚް މުޖުތަބާ ޙަމީދު ، މަސްޖިދުއްނޫރު

4- އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ، ބޮޑުގެ ވަޤުތީ މިސްކިތް

މިރޭގެ ޢިޝާނަމާދަށްފަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެން، ދަރުސްތަކުން ފިލާވަޅު ލިބިގަތުމަކީ މިޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.

މީގެ އިތުރުން، ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި މިޖަމްޢިއްޔާއާ ގުޅިގެން ، ވަރަށް ޚާއްޞަ ދަރުސެއް، މިރޭ 8:15 ގައި ޤައުމީ ޔުނިވަރސިޓީގެ ފައުންޑޭޝަން އޮޑިޓޯރިއަމްގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.    މިދަރުސްގައި ތަޤުރީރު ކުރައްވާނީ، މިޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމެވެ.  ޢާންމުންނަށްވެސް ވަދެވޭގޮތަށް ބާއްވާ މިދަރުސްގައި ސުވާލާއި ޖަވާބު ސެޝަނެއްވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިދަރުސް އަޑުއެއްސެވުމަށްވެސް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ މިޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.

 592 total views