މިރޭ މިސްކިތްތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތައް ކެންސަލް

1439 ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން އެމަހުގެ ރޯދަ އާއި މެދު ޢާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން މިރޭ މާލޭގެ ހަތަރު މިސްކިތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތައް، މިރޭ ނުބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ނަމަވެސް، ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި މިޖަމްޢިއްޔާއާ ގުޅިގެން ، މިރޭ 8:15 ގައި ޤައުމީ ޔުނިވަރސިޓީގެ ފައުންޑޭޝަން އޮޑިޓޯރިއަމްގައި ބާއްވާގޮތަށް ތާވަލު ކުރެވިފައިވާ ދަރުސް ކުރިންވެސް ހަމަޖެހިފައިވާ ގަޑީގައި ކުރިއަށް ގެންދެވޭނެއެވެ. إن شاء الله

މިދަރުސްގައި ތަޤުރީރު ކުރައްވާނީ، މިޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމެވެ.  ޢާންމުންނަށްވެސް ވަދެވޭގޮތަށް ބާއްވާ މިދަރުސްގައި ސުވާލާއި ޖަވާބު ސެޝަނެއްވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިދަރުސް އަޑުއެއްސެވުމަށްވެސް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ މިޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.

 644 total views