ސަލަފު ރޯދަ ސުވާލު މުބާރާތުގެ ފުރަތަމަ ދުވަހުވެސް 164 މީހުން ޖަވާބު ފޮނުވައިފި

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އެޖަމްޢިއްޔާގެ ވެބްސައިޓާއި އަދި ފޭސްބުކް މެދުވެރިކޮށް ގެނެސްދޭ ރޯދަ ސުވާލު މުބާރާތުގައި ފުރަތަމަ ދުވަހުވެސް 164 މީހުން ޖަވާބު ފޮނުވާފައިވާކަމަށް އެމުބާރާތް  ވިލަރެސްކުރާ ކޮމެޓީން ހާމަކޮށްފިއެވެ.

މުބާރާތް  ވިލަރެސްކުރާ ކޮމެޓީގެ އިސް ބޭފުޅެއްކަމަށްވާ މުޙައްމަދު ސުޖާއު ވިދާޅުވެފައިވާގޮތުގައި މިއަހަރު މި މުބާރާތް ކުރިޔަށްގެންދަނީ ވޭތުވެދިޔަ އަހަރުތަކާއި ކުޑަކޮށް ތަފާތުކޮށްކަމަށާއި ތިން ބުރަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގެ ކޮންމެ ބުރެއްގައިވެސް 10 ސުވާލު ހިމެނޭ އިރު އެސުވާލުތައް އާއްމުކުރާނީ ރަމަޟާން މަހުގެ ކޮންމެ ދިހައެއްގެ ފުރަތަމަ ދުވަހުކަމަށެވެ.

”މިއަހަރު މި މުބާރާތް ކުރިޔަށްގެންދަނީ ވޭތުވެދިޔަ އަހަރުތަކާއި ކުޑަކޮށް ތަފާތުކޮށް. އެއީ ތިން ބުރަކަށް ބަހާލައިގެން. ކޮންމެ ބުރެއްގައިވެސް 10 ސުވާލު ހިމެނޭ އިރު އެސުވާލުތައް އާއްމުކުރާނީ ރަމަޟާން މަހުގެ ކޮންމެ ދިހައެއްގެ ފުރަތަމަ ދުވަހު. އަދި އެސުވާލުތަކަށް ޖަވާބު ދޭން ދިހަދުވަސް ބައިވެރިންނަށް ލިބިގެންދާނެ.“ މުބާރާތް  ވިލަރެސްކުރާ ކޮމެޓީގެ އިސް ބޭފުޅެއްކަމަށްވާ މުޙައްމަދު ސުޖާއު ހާމަކޮށްފައިވެއެވެ.

”މިސާލަކަށް އަޅުގަނޑުމެން ފުރަތަމަ ބުރުގެ ސުވާލުތައް މިއާއްމުކޮށްލީ ރޯދަމަހުގެ ފުރަތަމަ ދުވަހު. މި ސުވާލުތަކަށް ރަމަޟާން މަހުގެ 10 ދުވަހާ ހަމައަށް ޖަވާބުދެވޭނެ. ދެވަނަ ބުރުގެ ސުވާލުތައް އިރާދަކުރެއްވިއްޔާ 10 ރަމަޟާނުގައި އަދި އެންމެ ފަހުބުރު 20 ރަމަޟާނުގައި އާއްމުކުރާނަން“. ސުޖާޢު ވިދާޅުވިއެވެ.

މިއަހަރުގެ މުބާރާތުގައިވެސް  ކުރީ އަހަރެކޭ އެއްގޮތަށް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވައި، އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ 1438 ވަނަ އަހަރު މި މުބާރާތުގެ ހުރިހާ ވަނަތަކަށް ހޮވިފައިވަނީ ޅ.ނައިފަރަށް ނިސްބަތްވާ ބޭފުޅުންކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން އެއްވަނައަށް ހޮވިފައިވަނީ ފާޠިމަތު ޙުސެއިން އެވެ. ދެވަނައަށް ހޮވިފައިވަނީ ފަނާރާ ނަޒީހާ ޔޫސުފު އެވެ. އަދި ތިން ވަނައަށް ހޮވިފައިވަނީ ޙަސަން ޙުސެއިން  އެވެ.

(ފުރަތަމަ 10 ސުވާލު)

 616 total views