إنا لله وإنا إليه راجعون

ރާއްޖޭގެ ދީނީ ޢިލްމުވެރިއެއްކަމަށްވާ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ނިޔާވެގެން ދިއުމުން ދިވެހިރާއްޖޭގެ ޢިލްމީ ޝަޚްޞިއްޔަތެއް ގެއްލިދިޔައީއެވެ. އެކަމާގުޅިގެން  ޑރ.މަޖީދުގެ ޢާއިލާއަށް ލިބިގެންދާ ހިތާމައިގައި ޖަމްޢިއްޔަތުއްސަލަފުގެ އެންމެހާ މެމްބަރުންގެ ފަރާތުންވެސް ބައިވެރިވާ ޙާލު، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް މާތް ﷲ އަށް ދުޢާކުރަމެވެ. ދީނީ ހޭލުންތެރިކުރުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފުން އެދި ގޮވާލާ ކޮންމެ ކަމެއްގައިމެ، ޑރ.މަޖީދުވަނީ ހެޔޮ ހިތުން ބައިވެރިވެދެއްވާ، އެއްބާރުލުންދެއްވާފައެވެ. އެހެންކަމުން މިފުރުޞަތުގައި އެކަން ފާހަގަކޮށް ޖަމްޢިއްޔާގެ އެންމެހާ މެމްބަރުންގެ ނަމުގައި އެބޭފުޅާގެ މަސައްކަތަށް ޝުކުރުވެރިކަން ހާމަކުރަމެވެ. اللهم اغفرله وارحمه وأكرم نزله ووسع مدخله وأدخل الجنة مع الأبرار.

 632 total views