ޖަމްޢިއްޔަތުއްސަލަފުގެ ސުވާލު މުބާރާތުގެ ނަތީޖާ އިޢުލާނުކޮށްފި

ޖަމްޢިއްޔަތުއްސަލަފްގެ ވެބްސައިޓް އަދި ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް 1439 ވަނަ އަހަރުގެ ރަމަޟާން މަހު ކުރިއަށްގެންދިޔަ ސުވާލު މުބާރާތުގެ ނަތީޖާ އިޢުލާނުކޮށްފިއެވެ.

މުޅި މުބާރާތުގެ ހުރިހާ ސުވާލެއްގެ ރަނގަޅު ޖަވާބު 31 ފަރާތަކުން ފޮނުވާފައިވާއިރު މުބާރާތުގެ ވަނަތައް ހޮވާފައިވަނީ ގުރުއަތު ނަގައިގެންނެވެ. މިގޮތުން 1 ވަނައަށް ހޮވިފައިވަނީ ފާތިމަތު ޒާހިނާ (ނިޔާމަ/ށ. ފޯކައިދޫ) އެވެ. 2 ވަނައަށް ހޮވިފައިވަނީ މުޙައްމަދު ޝާމް (ނައިޓް ވިއު / ޅ. ނައިފަރު) އަދި 3 ވަނައަށް ހޮވިފައިވަނީ ޢަބްދުﷲ ޢާރިފް (ނަސީމީ ވިލާ / ރ. ވާދޫ) އެވެ.

ޖުމްލަ 3 ބުރަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މިސުވާލު މުރާތުގެ ނަތީޖާއަށް ބަލާއިރު ފުރަތަމަ ބުރުގެ 10 ސުވާލުގެ ރަނގަޅު ޖަވާބު 102 ބައިވެރިޔަކު ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެވެ. ދެވަނަބުރުގެ 10 ސުވާލުގެ ރަނގަޅު ޖަވާބު 70 ބައިވެރިއަކު ފޮނުވާފައިވައި ވާއިރު ފަހުބުރުގެ 10 ސުވާލުގެ ރަނގަޅު ޖަވާބު ދީފައިވަނީ 68 ފަރާތަކުންނެވެ.
މުބާރާތުގެ 1 ވަނައަށް 3000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު 2 ވަނައަށް 2000 ރުފިޔާ އަދި 3 ވަނައަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެ އެވެ.

ވަނަވަނައަށް ހޮވުނު އެންމެހާ ފަރާތްތަކަށާއި މުބާރާތުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ވަރަށް ހޫނު މަހުޙަބާއެއް ދަންނަވަމެވެ.

 620 total views