ޓިމް ހަމްބަލްގެ ރުޤްޔާ ވޯކްޝޮޕް އޮގަސްޓް 2 ގައި

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އޮގަސްޓު މަހުބާއްވާ ’ދަކޯލް 2018‘ ގައި ބައިވެރިވެވަޑައިގަންނަވާ އިނގިރޭސިވިލާތުގެ ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް މުޙައްމަދު ޓިމް ހަމްބަލްގެ ރުޤްޔާ ވޯކްޝޮޕް އޮންނާނީ އޮގަސްޓު 2 ގައިކަމަށް އިވެންޓުގެ ކޯޑިނޭޓަރު އަލްއަޚް މުޙައްމަދު ސުޖާއު ހާމަކުރައްވައިފި އެވެ.

ހަމައެކަނި އަންހެން ބޭފުޅުންނަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ވޯކްޝޮޕް ކުރިއަށްދާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރުސިޓީ (އައި.ޔޫ.އެމް) ގެ ހޯލުގައި އޮގަސްޓު 2 އިން 3 އަށްކަމަށާއި މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުން ފެށިގެން ހުޅުވާލާފައިވާކަމަށް ސުޖާއު ވިދާޅުވިއެވެ.

”އަސްލު އަޅުގަނޑުމެން ބޭނުންވީ ފިރިހެން ބޭފުޅުންނަށާއި އަންހެން ބޭފުޅުންނަށް މި ވޯކްޝޮޕް ބާއްވަން. ނަމަވެސް ދެޖިންސް އެއްކޮށް ބާއްވަން ބޭނުން ނުވުމާއި ވަކި ވަކިން ބޭއްވުމަށް ވަގުތުތަން ނުދޭތީ ހަމައެކަނި އަންހެން ބޭފުޅުންނަށް ޚާއްޞަ ކުރީ. ދެން އަދި އަޅުގަނޑުމެންނަށް މިކަމުގައި އެންމެގިނައިން ރިކުއެސްޓު އައިސްފައިވަނީވެސް އަންހެން ބޭފުޅުންގެ ފަރާތުން ކަމަށްވާތީ މިހެން ހަމަޖައްސަން ޖެހުނީ.“ ސުޖާއު ވިދާޅުވިއެވެ.

އޮގަސްޓު 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ޓިމް ހަމްބަލްގެ ގިނަ ޕްރޮގްރާމްތަކެއް ރޭވިފައިވާއިރު ޝައިޚްގެ މައި ދަރުސް އޮންނާނީ އޮގަސްޓު 3 ވަނަ ދުވަހު އިސްލާމީ މަރުކަޒްގެ ބޭރުގައި ކަމަށާއި ދަރުސްތަކަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަމުންދާކަމަށް ސުޖާއު ވިދާޅުވިއެވެ.

 

ރުޤްޔާވޯކްޝޮޕް އާއިގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 9909381 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށް…

 580 total views