އައްޝައިޚް މުޙައްމަދު ޓިމް ހަމްބަލް ރާއްޖެ ވަޑައިގެންފި

އިނގިރޭސި ވިލާތުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް މުޙައްމަދު ޓިމް ހަމްބަލް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ބާއްވާ ’ދަކޯލް 2018‘ ގައި ބައިވެރިވެވަޑައިގަތުމަށް، ޖަމްޢިއްޔާގެ ދަޢުވަތަކަށް ވަޑައިގެންނެވި ޝައިޚް ޓިމް ހަމްބަލް އަށް އިސްތިޤްބާލުކޮށްފައިވަނީ ޖަމްޢިއްޔާގެ ހިންގާކޮމެޓީގެ މެމްބަރުންގެ އިތުރުން ޖަމްޢިއްޔާއަށް ހެޔޮއެދޭ ބައެއް އަޚުންނެވެ.

ސަލަފްގެ ފަރާތުން އޮގަސްޓު 2 އިން 5 އަށް ކުރިއަށްގެންދާ ’ދަކޯލް 2018‘ ގެ ޙަރަކާތްތައް މާދަމާ ހެނދުނު ފެށޭނެއެވެ. އެންމެ ފުރަތަމަ އިވެންޓެއްގެ ގޮތުގައި އޮންނާނީ ހަމައެކަނި އުޚްތުންނަށް ޚާއްޞަކޮށްގެން މާދަމާ ހެނދުނު ފެށޭ ’ރުޤްޔާ ވޯކްޝޮޕް‘ އެވެ. މި ވޯކްޝޮޕްއަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ވޯކްޝޮޕް އެކެވެ. އޮގަސްޓު 3 ވަނަ ދުވަހުގެރޭ އިސްލާމީ މަރުކަޒް ގެ މައިދާނުގައި އޮންނަ ބޮޑު ދަރުސްގެ އިތުރުން އދ.މަހިބަދޫއަށް ޝައިޚް ވަޑައިގަންނަވާނެއެވެ. އަދި މަހިބަދޫގައި ބާއްވާ ދަރުސްގެ އިތުރުން ’ހިޖްރަ ކޭމްޕް‘ ގައިވެސް ޝައިޚް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

 612 total views