ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ދަރުސް މިރޭ

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ބާއްވާ ދަރުސް މިރޭ އިންޝާﷲ އޮންނާނެއެވެ.

މިރޭ 8:45 ގައި ޤައުމީ ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިން އޮޑިޓޯރިއަމްގައި އޮންނަ ދަރުސް ދެއްވާނީ ޖަމްޢިއްޔަތުއްސަލަފުގެ ދައުވަތަކަށް މިވަގުތު ރާއްޖެވަޑައިގެން އުޅުއްވާ އައްޝައިޚް މުޙައްމަދު ޓިމް ހަމްބަލް އެވެ. މިރޭގެ މައުޟޫއަކީ ’ސަކްސެސް‘ އެވެ.

މިދަރުސްގައި ބައިވެރިވުމަށް ޔުނިވާސިޓީގެ ދަރިވަރުންގެ އިތުރުން އެހެނިހެން ކޮލެޖުތަކުގެ ދަރިވަރުންނަށާއި އަދި ޢާންމުންނަށް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
މިއީ ’ދަކޯލް 2018‘ އިވެންޓުގެ ތެރެއިން ކުރިއަށްދާ ޙަރަކާތެކެވެ. ޖަމްޢިއްޔަތުއްސަލަފުގެ ’ދަކޯލް 2018‘ ގެ ރަސްމީ ބޮޑު ދަރުސް އޮންނާނީ މާދަމާރޭ (ހުކުރު ދުވަހުގެ ރޭ) 8:45ގައި އިސްލާމީ މަރުކަޒުގެ މައިދާނުގަ އެވެ.

 300 total views