އިސްލާމީ މަރުކަޒުގައި މިއަދު ހުކުރު ކުރައްވާނީ އައްޝައިޚް ޓިމް ހަމްބަލް

އިސްލާމީ މަރުކަޒުގައި މިއަދު ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ’ދަކޯލް 2018‘ ގެ ޙަރަކާތްތައް ކުރިއަށް ގެންގޮސްދެއްވުމަށްޓަކައި މިވަގުތު ރާއްޖެވަޑައިގެން އުޅުއްވާ އައްޝައިޚް ޓިމް ހަމްބަލް އެވެ.

ޝައިޚް ޓިމް ހަމްބަލް ޚުތުބާ ދެއްވުމަށް ހަމަޖެހިފައިވަނީ ”ޙައްޖުގެ އަޅުކަމުން ލިބޭ ޢިބުރަތްތެރި ފިލާވަޅުތައް“ މި މައުޟޫއަށް ކަމަށެވެ. ޝައިޚް ޓިމް ހަމްބަލް ވިދާޅުވާ ޚުތުބާގެ ދިވެހި ތަރުޖަމާގެ ޚުލާސާއެއް ހުކުރަށްދާ ފަރާތްތަކަށް އިސްލާމީ މަރުކަޒުން އިންޝާﷲ ލިބޭނެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ’ދަކޯލް 2018‘ ގެ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ މައި ދަރުސް އިންޝާﷲ މިރޭ އޮންނާނެއެވެ. އައްޝައިޚް ޓިމް ހަމްބަލް ދެއްވާ ދަރުސްގެ މައުޟޫއަކީ ’ޕީ-ފެކްޓާރ‘ އެވެ. މިރޭގެ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ މައިދާނުގަ އެވެ. ފެށޭގަޑިއަކީ 8:45 އެވެ. މިދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށްބޮޑު އެދުމެކެވެ.

 304 total views