ދަކޯލްގެ މައި ދަރުސް މިރޭ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށްގެންދާ ’ދަކޯލް 2018‘ ގެ މައި ދަރުސް މިރޭ އިންޝާﷲ އޮންނާނެއެވެ.

މިރޭ 8:45 ގައި އިސްލާމީ މަރުކަޒުގެ މައިދާނުގައި އޮންނަ ދަރުސް ދެއްވާނީ ’ދަކޯލް 2018‘ ގެ ޙަރަކާތްތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުގެ މަޝްހޫރު ޢިލްމުވެރިޔާ އައްޝައިޚް މުޙައްމަދު ޓިމް ހަމްބަލް އެވެ. މިރޭގެ މައުޟޫއަކީ ’ދަ ޕީ-ފެކްޓާރ‘ އެވެ. އިސްލާމީ މަރުކަޒުގެ މައިދާނުގައި މިރޭ އޮންނަ ދަރުސަކީ ’ދަކޯލް 2018‘ ގެ ޙަރަކާތްތަކުގެތެރެއިން މާލޭގައި ބޭއްވޭ އެންމެ ފަހު ޙަރަކާތެކެވެ.
މިދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށްބޮޑު އެދުމެކެވެ.

 436 total views