75 ޒުވާނުންނާއެކު ކުރިޔަށް ދިޔަ ސަލަފްގެ ’ހިޖްރަ ކޭމްޕް‘ ނިންމާލައިފި

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން އދ. ދިއްގިރީގައި ކުރިޔަށް ގެންދިޔަ ’ހިޖްރަ ކޭމްޕް‘ ނިންމާލައިފިއެވެ.
ސަލަފް ގެ ’ދަކޯލް 2018‘ ގެ ދަށުން އދ. މަހިބަދޫގައި ކުރިޔަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ’ހިޖްރަ ކޭމްޕް‘ ކުރިޔަށް ގެންގޮސްފައިވަނީ ޝެއިޚް މުޙައްމަދު ޓިމް ހަމްބަލް އާއި އެކީގައެވެ.

75 ޒުވާނުންނާއެކު އިއްޔެ ކުރިޔަށް ދިޔަ ހިޖްރަ ކޭމްޕްގައި ޝެއިޚް މުޙައްމަދު ޓިމް ހަމްބަލްގެ ބައެއް ނަޞޭޙަތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ.

މިކޭމްޕްގައި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމުގެ އިތުރުން ޝެއިޚް އަޙްމަދު ސަމީރާއި ޝެއިޚް މުޖުޠަބާ ޙަމީދު ބައިވެރިވެފައިވާއިރު މިކޭމްޕުގައި ބައިވެރިވުމަށް އދ އަތޮޅުގެ 6 ރަށަކުން ޒުވާނުން އައިސްފައިވެއެވެ. އެއީ މަހިބަދޫގެ އިތުރުން މަންދޫ، މާމިގިލި، ދަނގެތި، ހަންޏާމީދޫ އަދި މާޅޮސް އެވެ.

 384 total views