އުޟުޙިޔާ ކަތިލުމާއި ގުޅޭ ލައިވްޕްރޮގްރާމް މިރޭ

އުޟުޙިޔާ ކަތިލުމާއި އޭގެ ޙުކުމްތަކާއިގުޅޭގޮތުން ގެނެސްދޭ ލައިވްޕްރޮގްރާމެއް މިރޭ އިންޝާﷲ އޮންނާނެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯގައި މިރޭ 9:30ގައި ކުރިއަށްދާ މިޕްރޮގްރާމް ލައިވްކުރާގޮތަށް ހަމަޖެހިފައިވަނީ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުންނެވެ. މިރޭގެ ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާނީ އައްޝައިޚް ޙަސަން މޫސާ ފިކްރީ އާއި އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އެވެ.

އުޟުޙިޔާ ކަތިލުމުގެ ޙުކުމް އާއިގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މިރޭ 9 ޖެހުމުގެ ކުރިން 9965666 އަށް އެސް.އެމް.އެސް ކުރެއްވުމުން ވަގުތު ތަންދިން މިންވަރަކުން ބެލުންތެރިންގެ ސުވާލުތަކަށް ޖަވާބުތައް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

 540 total views