ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އިންތިޒާމުކުރާ ދަރުސެއް މިއަންނަ ބުދަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދެއްވާ މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ފުރުޤާން މިސްކިތުގައި ބުދަ ދުވަހުގެރޭ ޢިޝާ ނަމާދަށްފަހު ވަގުތުންނެވެ. ސަންޓީވީ އިން ލައިވް ކުރާގޮތަށް ހަމަޖެހިފައިވާ މިދަރުސް ގެ މައުޟޫއަކީ ”ރަސޫލާ صلى الله عليه وسلم ދެކޮޅުވެރިންނާއި މުޢާމަލާތް ކުރެއްވިގޮތް“ މިއެވެ.
މިދަރުސް އަޑުއެހުމަށްޓަކައި ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ޖަމްޢިއްޔާގެ ވަރަށްބޮޑު އެދުމެކެވެ.
616 total views