ޢައިނީ ފެސްޓިވަލް މިއަދު ނިމިއްޖެ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ޢީދު ބަންދުގައި މާލޭގައި ކުރިއަށް ގެންދިޔަ ’ޢައިނީ‘ ފެސްޓިވަލް މިއަދު ނިމިއްޖެއެވެ.

ރަސްފަންނުގައި ކުރިއަށްގެންދިޔަ މިފެސްޓިވަލްގައި ކުޑަކުދިން ޝައުޤުވެރިކުރުވާ ތަފާތު ކުޅިވަރުތައް ކުރިއަށް ދިޔައެވެ. އިއްޔެ އާއި މިއަދު ބޭއްވި މިފެސްޓިވަލުގައި ވޯޓާ ސްލައިޑް، ހިއުމަން ގައިރޯ، ބަންޖީ ޓްރަމްޕޮލިންގް، ޓްރަމްޕޮލިންގް، ފެރީ ވީލްސް ފަދަ ކުޅިވަރުތައް ކުރިއަށް ދިޔައެވެ.

”އަޅުގަނޑުމެންގެ މިއަހަރުގެ ހަރަކާތްތައް މިއަދު މިނިންމާލީ. ވަރަށް ގިނަ ކުދިން އަޅުގަނޑުމެންގެ މި ކުޅިވަރުތަކުގައި ބައިވެރިވިކަމަކީ ވަރަށް އުފާވިކަމެއް. ހަގީގަތުގަވެސް ވަރަށް ގިނަ ކުދިން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކުޅިވަރުތަކާމެދު. މިފުރުސަތުގައި މިކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް އަދި ވަކިން ޚާއްޞަކޮށް ’ޢައިނީ‘ ފެސްޓިވަލް ސްޕޮންސާ ކުރި ފަރާތްތަކާއި މިކަމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.“ ޢައިނީ ފެސްޓިވަލްގެ ކޯޑިނޭޓަރު އަޙްމަދު ޝަރީފް ވިދާޅުވިއެވެ.
ޢައިނީ ފެސްޓިވަލް ސްޕޮންސާ ކޮށްފައިވަނީ އެޗް.ޑީ.ސީ ގެ ފަރާތުންނެވެ. ކޯސްޕޮންސާ އަކީ ޢުޔޫން އިންސްޓިޓިއުޓް އެވެ.

 572 total views