މިއަހަރުގެ ރަމަޟާން މަހު ’ރަން ޒަމާން‘

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރުގެ ރަމަޟާން މަހު ’ރަން ޒަމާން‘ ގެ ނަމުގައި ވަރަށް ޚާއްޞަ ޕްރޮގްރާމެއް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.

ރަމަޟާންމަހުގެ ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ސިލްސިލާ ޕްރޮގްރާމަކީ ޞަޙާބީންގެ ޙަޔާތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ކުރު ދަރުސްތަކެކެވެ. ރަމަޟާންމަހުގެ ކޮންމެ ދުވަހަކުވެސް ވާހަކަ ދައްކާނީ ކޮންމެވެސް ޞަޙާބީއެއްގެ ޙަޔާތާއި ގުޅޭ ގޮތުންނެވެ.

ރަން ޒަމާން ޕްރޮގްރާމުގައި ޖުމްލަ 12 ޢިލްމުވެރިން ވާހަކަ ދައްކަވާގޮތަށްވަނީ ހަމަޖެހިފައެވެ. އެއީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް ޙަސަން މޫސާ ފިކްރީ، އައްޝައިޚް މުޙައްމަދު ޠައްޔިބު، އައްޝައިޚް މުޙައްމަދު ސިނާން، އައްޝައިޚް މުޙައްމަދު އިރުޝާދު، އައްޝައިޚް ނިމާލް މުޙައްމަދު، އައްޝައިޚް ޢާޞިފް މޫސާ އިބްރާހީމް، އައްޝައިޚް އަޙްމަދު މާޖިދު، އައްޝައިޚް ޢަލީ ޒަޢިދް، އައްޝައިޚް މުޙައްމަދު ޝާފިޢު އަދި އައްޝައިޚް މުޖްތަބާ ޙަމީދު އެވެ.

މީލާދީން ހަތް ވަނަ ޤަރުނުގައި ދުނިޔޭގައި އުޅުއްވި މަތިވެރި ޞަޙާބީންގެ ވާހަކަފުޅުތައް ގެނެސްދޭ މިދަރުސްތަކަކީ ދިވެހި އެންމެހައި މުސްލިމުންނަށް ޚާއްޞަކޮށް ޒުވާނުންނަށް އަޚްލާޤީ އަދި ސުލޫކީ ގޮތުން ގިނަގުން ފައިދާތަކަކާއި ޢިބްރަތްތެރި ފިލާވަޅުތަކެއް ގެނެސްދޭނެ ދަރުސްތަކަކަށް إن شاء الله  ވާނެއެވެ.

ޖަމްޢިއްޔަތުއްސަލަފުންވަނީ ފާއިތުވީ އަހަރުވެސް ފުރުޤާން މިސްކިތުގައި ’ސިޔަރަތުގެ ހިޔަލުގައި‘ ގެ ނަމުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

ރަންޒަމާން ޕްރޮގްރާމު ލައިވް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވިފައިވެއެވ. އަދި އެކަމަށް ޝައުޤު ވެރިވާ ފަރާތްތަކުން ރަމަޟާން މަސް އައުމުގެ ކުރިން ޖަމްޢިއްޔަތުއްސަލަފަށް ޢިޝާރާތް ކޮށްލައްވައި މަޝްވަރާއަކަށް ފަހު އެކަން ކުރިއަށް ގެންދިއުމަށް އެދެމެވެ.

 1,416 total views