ސުވާލު

ނަމާދަށް ނިޔަތް ގަންނާނީ ކިހިނެއްތޯ އަދި ދުލުން ނިޔަތް ކިޔުމަކީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ނަމާދަކީ އަޅުކަމެކެވެ. އެހެންކަމުން ނަމާދު ކުރަންވާނީ ރަސޫލާ صلى الله عليه وسلم ކުރެއްވި ގޮތަށެވެ. އަދި އެކަލޭގެފާނު ވަނީ ޢަމަލީ ގޮތުން ނަމާދު ކުރާނެ ގޮތް ޞަޙާބީންނަށް އުގަންނައި ދެއްވާފައެވެ. ރަސޫލާ صلى الله عليه وسلم ނަމާދު ކުރެއްވިގޮތް ޞަޙާބީން ވަނީ އުއްމަތަށް ބަޔާންކޮށްދީފައެވެ. މިގޮތުން ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙަބުބޭކަލުން ދުލުން ނިޔަތް ކިޔުއްވިކަމަށް ވާރިދުވެގެން އެއްވެސް ގޮތަކަށް އައިސްފައި ނުވެއެވެ. ނިޔަތަކީ ހިތުގެ ޢަމަލެކެވެ. ނިޔަތުގެ މުރާދަކީ ކަމެއް ކުރުމަށް ޤަޞްދުކުރުމެވެ. އެހެންކަމުން ނިޔަތް ގަންނާނީ ހިތުންނެވެ. ދުލުން ނިޔަތް ކިޔުމަކީ އެއީ ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ކުރައްވާފައިވާ ކަމެއް ނޫންކަން އެގެން އޮތުމުން، އަޅުކަމެއްގައި އެބޭކަލުން ނުކުރައްވާ ކަމެއް ކުރުމަކީ ދީނުގައި ކަމެއް އަލަށް އުފެއްދުމެވެ. ވީމާ އެކަމެއް ވާނީ ބިދުޢައެއް ކަމުގައެވެ. والله أعلم