ސުވާލު

ހުކުރު ނަމާދަށް މިސްކިތަށް އަންނަ ބައެއް މީހުން، މިސްކިތުގައި ކުރިން އައިސްތިބޭ މީހުން ގިރާކޮށްފައި ނުވަތަ އެއްފަރާތް ކޮށްލާފައި ކުރީސަފަކަށް ދާތަން މިއީ ވަރަށް ގިނައިން ފެންނަ ކަމެކެވެ. މިއީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

”ކުރިން މިސްކިތަށް އައިސްތިބޭ މީހުންގެ ކޮނޑުތަކުގެމަތީން ގިރާކޮށްފައި ކުރިޔަށް އެރުމަކީ ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ހަރުކަށިކޮށް މަނާ ކުރައްވައިފައިވާ ކަމެކެވެ. އެއީ އޭނާގެ ފުށުން އަނެކުންނަށް ކުރާ އުނދަގުލެއް ކަމުގައިވެސް އެކަލޭގެފާނު އިޝާރާތް ކުރައްވާފައި ވެއެވެ. އަދި އޭގެ ސަބަބުން ހުކުރުގެ ސަވާބު ގެއްލިގެންދިޔުމުގެ ބިރުވެރިކަންވެސް އެކަމުގައި އެބަ ވޭމެއެވެ. ހަމަމިއާކު ކުރިން އަންނަ ފަރާތްތަކުންވެސް ފުރަތަމަ ޞަފުތައް ފުރުމަށްފަހު ދެން އޮތް ޞަފު ފުރާލައި ފަހުން އަންނަ އަޚުންނަށް ޖާގަ ހަދައިދީ ފަސޭހަކޮށްދިނުމީ ސަމާލުވާންޖެހޭ މުހިންމުކަމެކެވެ.“