ސުވާލު

ޓެޓޫ ޖެހުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި ޓެޓޫ ޖަހައިގެން ހުރެ ކުރާ ނަމާދު ޞައްޙަ ވާނެތޯއެވެ؟ އަދި ތަޥުބާވުމަށްފަހު ޓެޓޫ ފިލުވާލަން ޥާޖިބު ވާނެހެއްޔެވެ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ޓެޓޫ ޖެހުމަކީ މުންކަރާތެކެވެ. ޝައިޠާނާގެ ޢަމަލެކެވެ. އަދި އެއީ ލަޢުނަތް ލެއްވިގެންވާ ކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ. ޓެޓޫ ޖަހައިފި މީހާ ޖެހޭނީ އެކަމަށް ތަޥުބާވެ، އިސްތިޣްފާރު ކުރާށެވެ. އެއާއެކު ޓެޓޫ ފިލުވައިލުމުގެ ކުޅަދާނަކަން ހުރިނަމަ އެ ފިލުވައިލުން ހުއްޓެވެ. ފިލުވައި ނުލެވުނު ނަމަވެސް ޓެޓޫ ހަށިގަނޑުގައި ހުއްޓާ ކުރާ ނަމާދު ޞައްޙަވެގެން ވެއެވެ. ފަރުޟު ފަސްނަމާދު ކުރުން މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވާނެއެވެ. والله أعلم