ސުވާލު

ނިދާ ހޭލެވުނުއިރު އިރުއަރައިފިއެވެ. ގަޑިން ހެނދުނު ހަތެއްޖަހާވެސް ބޮޑުވެއްޖެއެވެ. ދެން އެދުވަހުގެ ފަތިސްނަމާދު ކުރާނީ ކިހިނެއް ހެއްޔެވެ؟ މެންދުރު ވަންދެން ނުކޮށް ހުންނާނީ ހެއްޔެވެ؟

الحمد لله والصلاة والسلام على رسوله ، أما بعد :

އިންސާނެއްގެ އިޙްތިޔާރުން ބޭރުން ނިދި ގަދަވެގެން ފަތިސްނަމާދަށް އިރު އެރުމުގެ ކުރިން ނުހޭލެވިއްޖެނަމަ ނިދިން ހޭލެވުނު އިރަކުން އަވަހަށް ފަތިސްނަމާދު ކުރާނީއެވެ. ވަކި ވަގުތެއް ވަންދެން ފަސްކުރުމެއްނެތެވެ. ހެނދުނު ހަތެއްޖެހިއިރު ހޭލެވުނަސް ނުވަތަ އޭގެ ފަހުން ހޭލެވުނަސް އިތުރަށް ލަސްކުރުމެއްނެތި އަވަހަށް ފަތިސްނަމާދު ކުރާނީއެވެ. އަޅަމެންގެ ނަބިއްޔާ صلى الله عليه وسلم އިރުޝާދު ދެއްވާފައިވަނީ މިގޮތަށެވެ. އިރުއަރާފަހުން ފަތިސްނަމާދު ކުރުން އާދައަކަށް ހަދައިގެން ނުވާނެއެވެ. ޤަޞްދުގައި ނަމާދު އޭގެ ވަޤުތުން ފަސްކުރުމަކީ އެކަމަށް ތަޢުބާވާން ޖެހޭ ވަރުގެ ފާފައެކެވެ. والله أعلم